American Gangster filmuge Frank Lucas maruvejje
image
0 ކޮމެންޓް
 

އެމެރިކަން ގޭންގްސްޓާ ފިލްމުގެ ފްރޭންކް ލޫކަސް މަރުވެއްޖެ

ހޮލީވުޑްގެ ނަން މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 2007 ވަނަ އަހަރު ނެރުނު "އެމެރިކަން ގޭންގްސްޓާ" އެމީހެއްގެ މައްޗަށް ބިނާކުރި ޑްރަގް ލޯޑް ފްރޭންކް ލޫކަސް މަރުވެއްޖެ އެވެ.
ނޯތު ކެރޮލައިނާ އަށް 1930 ވަނަ އަހަރު އުފަންވި ލޫކަސް ނިއު ޔޯކަށް ބަދަލުވެ ވަނީ 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި ބާރުގަދަ މީހަކަށް ވެފައެވެ.

އެއަށްފަހު 1976 ވަނަ އަހަރު ޖަލަށް ހުކުމް ކުރިއެވެ. އެކަމަކު ފުލުހުންގެ ތަހުގީގަކަށް އެހީވުމުން ފަސް އަހަރު ޖަލުގައި ބެހެއްޓުމަށްފަހު ދޫކޮށްލި އެވެ.

އެކަމަކު އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި 1980 ވަނަ އަހަރު ޖަލަށްލި އެވެ. އޭގެ ފަހުން އޭނާ މިނިވަން ވިތާ މިހާރު 30 އަހަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލޫކަސް މަރުވީ އުމުރުން ގުދުރަތީ މަރަކުން އުމުރުން 88 އަހަރުގަ އެވެ.

ލޫކަސްގެ ހަޔާތުގެ މައްޗަށް ފިލްމު ހެދީ ޑައިރެކްޓަރު ރިޑްލީ ސްކޮޓް އެވެ. އަދި އޭނާގެ ރޯލު ކުޅުނީ ޑެންޒެލް ވޮޝިންގްޓަން އެވެ.
ހޮލީވުޑް
ހިޔާލު