CNM Badhige: Sesame Chicken Salad
image
0 ކޮމެންޓް
 

ސީއެންއެމް ބަދިގެ: ސިސަމީ ޗިކަން ސެލެޑް

ތިރީގައި އެވަނީ ސިސަމީ ޗިކަން ސެލެޑް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި

4/3 ޖޯޑު ޕިއޯ މެޕްލް ސިރަޕް
3/1 ޖޯޑު ސޮއި ސޯސް
2/1 ޖޯޑު ސްވީޓް މަސްޓަރޑް
2/1 ޖޯޑު ސީސަމީ ސީޑްސް (ބްލެކް އެންޑް ވައިޓް ނުވަތަ ހަމައެކަނި ވައިޓްވެސް ބޭނުންކުރެވިދާނެ)
4/1 ޖޯޑު ތެޔޮ
1 3/1 ޕައުންޑް ކުކުޅުމަސް (ކަށިނަގާފައި)
ލޮނު/ އަސޭމިރުސް

ޑްރެސިންގްސް ތައްޔާރުކުރުމަށް

1 2/1 އިންޗް ތާޒާ އިނގުރު (ކުދިކޮށް ކޮށާފައި ނުވަތަ ގާނާފައި)
3 މޭޒުމަތީ ސަމްސާ ރައިސް ވިނެގަރ
4/1 ޖޯޑު އެޕްރިކޮޓް އޯލް ފްރުޓް ސްޕްރެޑް ނުވަތަ ޗައިނީޒް ޑަކް ސޯސް
4/1 ޖޯޑު ތެޔޮ

ސެލެޑް ތައްޔާރުކުރުމަށް

1 ތަފާތު ބާވަތުގެ ސެލަޑް މިކްސް ލީފް
4/1 ކިއުކަންބާ (އެތެރޭގައި އޮށް ނުހުންނަ ވައްތަރުގެ ކިއުކަންބާ ދެ ފަޅިއަށް ފަޅާފައި، ތުނުކޮށް ފޮތިކޮށް ކޮށާފައި)
1 ޖޯޑު ކެރޮޓްސް (ގާނާފައި)
4 ސްޕްރިންގ އޮނިއަން (ތުނިކޮށް ފޮތިކޮށް ކޮށާފައި)
4/1 ޕައުންޑް ސްނޯ ޕީސް (ކަތިކޮށް ފޮތިކޮށް ކޮށާފައި)
ފްރައިޑް ޗައިނީޒް ނޫޑްލްސް/ ގާނިޝްކޮށްލުމަށް

ތައްޔާރުކުރާނެ ގޮތް

މެޕްލް ސިރަޕް، ސޮއި، އަދި ސްވީޓް ހޮޓް މަސްޓަރޑް ތައްޓެއްގެ ތެރެއަށް އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުގެ ދެފަޅީގައި ލޮނު އަދި އަސޭމިރުސް ހާކާލާށެވެ. އެއަށްފަހު ދެންމެ ތައްޔާރުކުރި ސޮއި މިކްސްޗަރގެ 2/1 ގެ ތެރެއަށް ކުކުޅުތައް އަޅާފައި އެއްކޮށްލާށެވެ. ދެން އިރުކޮޅަކު ބަހައްޓާލާށެވެ. އިތުރަށްހުރި ސޮއި މިކްސްޗަރގެ 2/1 ޑްރެސިންގްސް ތައްޔާރުކުރުމަށް ބަހައްޓާށެވެ.

ތަވާއެއްގެ ތެރެއަށް ތެޔޮ އެޅުމަށްފަހު ހޫނުކޮށްލާށެވެ. ސީސަމީ ސީޑްސްތައް ވެކްސްޑް ޕޭޕަރ ޝީޓްއެއް ނުވަތަ ތައްޓެއްގެ ތެރޭގައި ފަތުރާލާށެވެ. ވެކްސްޑް ޕޭޕަރަ ބޭނުންކޮށްލުމުން ސާފުކޮށްލުމަށް ފަސޭހަވާނެއެވެ. ސީސަމީ ސީޑްސްތަކުގެ ތެރެއަށް ކުކުޅުތައް އަޅާލާށެވެ. އެއަށްފަހު ތަވާގެތެރެއަށް ތެޔޮފޮދެއް އަޅާލާށެވެ. ކުކުޅުތަކުގެ ކޮންމެ ފުށެއްވެސް ގާތްގަނޑަކަށް 3 މިނެޓްވަންދެން ކައްކާލާފައި ތައްޓަކަށް އަޅާލާށެވެ.

އިނގުރު، ވިނެގަރ އަދި އިތުރަށްހުރި ސޮއި މިކްސްޗަރ އެއްކޮށްލާށެވެ. ސެލަޑް ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް ތައްޓެއްގެ ތެރޭގައި އެއްކޮށްލާށެވެ. އެއަށްފަހު އޭގެތެރެއަށް ޑްރެސިންގްސް އަޅާލާފައި އެއްކޮށްލާށެވެ. އަދި އޭގެ މައްޗަށް ފްރައިޑް ޗައިނީޒް ނޫޑްލްސް އަޅާލާށެވެ.
ހިޔާލު