CNM Badhige: Dark Chocolate Hot Cocoa
image
0 ކޮމެންޓް
 

ސީއެންއެމް ބަދިގެ: ޑާކް ޗޮކްލެޓް ހޮޓް ކޮކޯ

ތިރީގައި އެވަނީ ޑާކް ޗޮކްލެޓް ހޮޓް ކޮކޯ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި

1 ޖޯޑު ކިރު
1.5 ސައިސަމުސާ ހަކުރު (ނުވަތަ ރަހަ ހެޔޮވަރު މިންވަރަށް)
2 އައުންސް ޑާކް ޗޮކްލެޓް
1 ސައިސަމުސާ ވިޕިން ކްރީމް
ކުޑަ ސިނަމަން ޕައުޑާ ކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ކުޑަ ތެއްޔެއްގެ ތެރޭގައި ކިރު ހޫނުކުރަން ޖައްސާށެވެ. ގާތްގަނޑަކަށް 3-4 މިނެޓު ބެހެއްޓުމަށްފަހު އޭގެ ތެރެއަށް ހަކުރު އަޅަމުން މަޑުމަޑުން ގިރާށެވެ. މިނެޓެއް ވަރު ގިރުމަށްފަހު އޭގެ ތެރެއަށް ޑާކް ޗޮކްލެޓް ބުރިކޮށްފައި އަޅާށެވެ. އަދި ރަނގަޅަށް ދިޔާވަންދެން ގިރާށެވެ. 2-3 މިނެޓު ފަހުން އުނދުނުން ނެގުމަށްފަހު ވިޕިން ކްރީމާއި ސިނަމަން ޕައުޑާ އަޅާ މިކްސް ކޮށްލުމަށްފަހު ހޫނުކޮށް ސާވް ކުރާށެވެ.
ހިޔާލު