Dhuniyeyge enme reethi Miskiythah: 5 vana Malaysia ge Zahir Miskithah
image
ޒާހިރު މިސްކިތް--
0 ކޮމެންޓް
 

އެންމެ ރީތި މިސްކިތްތައް: ފަސް ވަނަ މެލޭޝިއާގެ ޒާހިރު މިސްކިތަށް!

"ދުނިޔޭގެ އެންމެ ރީތި މިސްކިތްތައް" މިބައިގެ ފަސް ވަނަ އަށް ހޮވިފައި ވަނީ މެލޭޝިއާގެ އަވަށެއް ކަމަށްވާ ކެއްދާގައި ހުންނަ ޒާހިރު މިސްކިތެވެ. މިއީ މެލޭޝިއާގައި ހުރި އެންމެ ދުވަސްވީ މިސްކިތް ވެސް މެއެވެ.
ނަވާރަ ސަތޭކަ ބާރައިގައި ބިނާކުރެވުނު އެ މިސްކިތަކީ ކެއްދާގެ 24 ވަނަ ރަސްގެފާނު ސުލްތާން ތާޖުއްދީން މުކައްރަމް ޝާހްގެ ދަރިކަލުން ތުންކު މުހައްމަދުގެ އެހީތެރިކަމާއެކު ބިނާކުރެވުނު މިސްކިތެކެވެ. ޒާހިރު މިސްކިތް ފަރުމާކުރެވިފައިވަނީ އިންޑޮނޭޝިއާގެ އުތުރުގައި އޮންނަ ސުމަތުރާގެ އަވަށެއް ކަމަށްވާ ލަންގްކަތުގައި ބިނާކުރެވިފައިވާ އަޒީޒީ މިސްކިތުން އިންސްޕަޔާ ވެގެންނެވެ.

ފެހި ގަސްތަކުން ވަށާލާފައިވާ އެ މިސްކިތުގައި ބޮޑު ފަސް ގުއްބު ހުރެއެވެ. އެ ފަސް ގުއްބުން ރަމްޒުކޮށްދެނީ އިސްލާމްދީނުގެ ފަސް ރުކުނެވެ.

ޒާހިރު މިސްކިތަކީ މެލޭޝިއާގެ އެކި ސްޓޭޓްތަކުގެ މެދުގައި އޮންނަ ގުރުއާން މުބާރާތްތައް ވެސް ބާއްވަމުން އަންނަ މިސްކިތެވެ. މިސްކިތުގެ ބޮޑު މިނުގައި 124,412 އަކަ ފޫޓު ހުރެއެވެ. މި މިސްކިތް ދުނިޔޭގެ އެންމެ ރީތި މިސްކިތްތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާތީ މިތަނަކީ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް ބޮޑަށް މަގުބޫލު ތަނެކެވެ. އެގޮތުން މެލޭޝިއާއަށް ޒިޔާރާތްކުރާ ފަތުރުވެރިން އެތަނުގައި ފޮޓޯ ނަގައިލުމަށް މިސްކިތް ހުންނަ ސަރަހައްދަށް ގޮސް ހަދައެވެ.
މިސްކިތް ރޯދަމަސް
ހިޔާލު