Thoddhoo in mi roadha mahu 3 lakka kilo ah vure gina karaa beyru kuri
image
ތޮއްޑޫ ކަރާ--
0 ކޮމެންޓް
 

ތޮއްޑޫއިން މި ރޯދަ މަހު ތިން ލައްކަ ކިލޯއަށް ވުރެ ގިނަ ކަރާ ބޭރުކުރި

މި ރޯދަ މަހުގެ ތެރޭގައި ތޮއްޑޫއިން ތިން ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ ކަރާ ބޭރުކުރި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އެރަށު ކައުންސިލުގެ ރައީސް ހަދީޖާ ނިއުޝާ، ސީއެންއެމްއަށް ވިދާޅުވީ، މިއަހަރު އެކަނި ވެސް 350،000 އަށް ވުރެ ގިނަ ކިލޯ ކަރާ އެރަށުން ބޭރު ކުރި ކަމަށާއި އެއީ އެހެން އަހަރުތަކާއި އަޅާބަލާއިރު ވަރަށް ގިނަ އަދަދެއްގެ ކަރާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން މިދިޔަ ރޯދަ މަހު ތޮއްޑޫ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް ކުރިމަތިވިއެވެ. އެގޮތުން ވިއްސާރައިގައި ދަނޑުތައް ހަލާކުވެ ތޮއްޑޫއިން މާލެއަށް ކަރާ އެތެރެ ކުރާ މިންވަރު ބޮޑު ތަނުން ދަށްވި އެވެ.

ތޮއްޑޫ ހާއްސަ ވެފައިވަނީ އެރަށުގެ ކަރަލަށެވެ. ކޮންމެ ރޯދަ މަހަކަށް އެރަށުގެ ދަނޑުވެރިން ކަރާ ހެއްދުމުގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާއިރު ތޮއްޑޫ ކަރަލަކީ މުޅި ރާއްޖެއަށް ވެސް މަޝްހޫރު އެއްޗެކެވެ.

މިއަހަރުގެ މާލޭގެ ބާޒާރުގައި ވެސް އެންމެ ތިޔާގި އެކައްޗަކީ ކަރަލެވެ. އެހެންވެ މުޅި ރޯދަ މަހު ކަރަލުގެ އަގު ގާތްގަނޑަކަށް އެއް ހަމައެއްގައި ހުރިއިރު ކަރާ ކިލޯއެއް ވިއްކަމުން އަންނަނީ 20 އާއި 25 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.

ހިޔާލު