Madaveli housing unit thakuga fen, current adhi narudhamaa gaaim kurun Fenaka ah
image
ހައުސިން މިނިސްޓްރީ އާއި ފެނަކައާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: ޓްވިޓާ
2 ކޮމެންޓް
 

މަޑަވެލީގައި ފެން، ކަރަންޓު އަދި ނަރުދަމާ ގާއިމްކުރުން ފެނަކައަށް

ގދ. މަޑަވެލީގެ 22 ހައުސިން ޔުނިޓަކަށް ޔުޓިލިޓީގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީ އާއި ފެނަކައާ ދެމެދު މިއަދު ވަނީ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން މަޑަވެލީގެ 22 ހައުސިން ޔުނިޓަކަށް ބޭނުންވާ ނަރުދަމާ އާއި ކަރަންޓު އަދި ފެނުގެ ސަޕްލައި ސިސްޓަމް ގާއިމް ކުރާނީ ފެނަކައިންނެވެ.

ފެނަކަ އިން ދަނީ ރާއްޖޭގެ ރަށްތަކަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ އެންމެ އަސާސީ ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ބައެއް ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގިނަ އަދަދެއްގެ ސާމާނު މިމަހުވެސް ރަށްރަށަށް ފޮނުވި އެވެ.

އެކަމަކު މިދިޔަ ހަފްތާގައި ފެނަކައިން ވީޑިއޯއެއް އާއްމުކުރުމަށްފަހު ބުނީ ރަށްރަށުގެ ބައެއް މީހުން ފެނަކައިގެ އިންޖީނު ގެތަކަށް ގަސްތުގައި ގެއްލުންދީ ހަދަމުންދާ ކަމަށެވެ.

އެދުވަހު އާއްމު ކުރީ ނެއްލައިދޫ އިންޖީނުގޭގެ މެނޭޖަރާއި އިތުރު ބަޔަކަށް އެރަށު އިންޖީނުގެއަށް ގެއްލުންދޭ ވީޑިއޯ އެކެވެ. އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާލު

މުޙައްމަދު

ކަރަންޓް ކޭބަލް ފެނަކައިން އެޅިދާނެ، ނަރުދަމާ އަޅަނީ ކޮންރަށެއްގައޮތް ނަރުދަމާއަކާ ގުޅަންތޯ، ފެން ސަޕްލައި ގުޅަނީ ތިނަދޫއިންތޯ؟ ހުރިހާ ސަރުކާރަކުންވެސް މަޑަވެލީ ރައްޔަތުން ގުނބޯ ހައްދަނީ. ވަރަށް ސަލާމް.

އެމްކޭ

މަޑަވެލި ހޯނޑެއްދޫ އަކީ އެއްވިއުއަކުން ގުޅާލެވިފައިވާ ދެރަށައްވާއިރު ދެރަށުގައި ފެނާނަރުދަމާ ގާއިމުކުރަން އުޅުނަމަ ރަނގަޅުވީސް