Janhvi Gym ah dhaairu laa sortu kuruvegen Katrina kanbodu vehje
image
ކެޓްރީނާ އާއި ޖާންވީ--
1 ކޮމެންޓް
 

ޖާންވީ ޖިމަށް ދާއިރު ލާ ސޯޓު ކުރުވެގެން ކެޓްރީނާ ކަންބޮޑުވެއްޖެ

މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު، ޖިމަށް ދާއިރު މާކުރު ސޯޓުލާތީ އެކަމާއި ބަތަލާ ކެޓްރީނާ ކައިފް ކަންބޮޑުވެއްޖެއެވެ.
ކެޓްރީނާ ފާހަގަކުރެވެނީ ސިއްހަތަށް ވަރަށް ބަލައިގެން އުޅޭ ތަރިއެއްގެ ގޮތުގައެވެ. ގިނަ ވަގުތު ޖިމުގައި ހޭދަކުރުމަށް ކެޓްރީނާ ލޯބިކުރި ނަމަވެސް ޖިމުގައި ލާ ހެދުން ލައިގެން އޭނާ ބޭރުގައި ވަރަށް ނޫޅެއެވެ.

ދާދިފަހުން އުމުރުން 35 އަހަރުގެ ކެޓްރީނާ އާ މިވަނީ ބޮލީވުޑުގެ ތަރިންގެ ތެރެއިން ޖިމަށްދާއިރު ލާ ހެދުންތަކާއި ގުޅޭގޮތުން ސުވާލެއް ކޮށްފައެވެ. ޖަވާބުގައި އޭނާ ވަނީ ޖާންވީ ހެދުން އަޅާ ގޮތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެގޮތުން އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ ޖާންވީ މާކުރުކޮށް ސޯޓު ލުމެވެ.

"އޭނާ [ޖާންވީ] އާދޭ އަހަރެން އުޅޭ ޖިމަށް ވެސް، އަހަރެމެން އެކުގަ ވެސް ޖިމުގަ އުޅެން، އަހަރެން ބައެއް ފަހަރު ވަރަށް ކަންބޮޑުވޭ ޖާންވީ އާ މެދު،" ކެޓްރީނާ ބުނެއެވެ.

އާއްމު ގޮތެއްގައި އުމުރުން 22 އަހަރުގެ ޖާންވީ ފެނިގެންދަނީ ޓީޝާޓާއެކު ސޯޓު ލައިގެން އުޅޭތަނެވެ. ޒުވާން ކުދިންގެ މެދުގައި ޖާންވީއަކީ މަގްބޫލު ތަރިއެކެވެ.

ކޮންމެއަކަސް ކެޓްރީނާ މިވަނީ ބޮޑު މީހެއްގެ ހައިސިއްޔަތުން "ބޮލީވުޑަށް ހަގު" ޖާންވީއާ މެދު ކަންބޮޑުވެފައެވެ.

އެކަމަކު ކެޓްރީނާ ޖާންވީއަށް ކުރި އެ ކޮމެންޓާ ގުޅިގެން ކަޕޫރު އާއިލާއަށް ސަޕޯޓުކުރާ ބައެއް މީހުން މިވަނީ ހިތްހަމަ ނުޖެހިފައެވެ. އަދި ކެޓްރީނާ ވެސް އެވަރުގެ ސޯޓު ލާކަމަށް ބުނެ އެމީހުން ވަނީ ފާޑުކިޔުންތައް ކުރިމަތިކޮށްފައެވެ.

ކެޓްރީނާގެ އެ ކޮމެންޓާ ގުޅިގެން ބޮލީވުޑުގެ ބަތަލާ އަދި ޖާންވީއާ ދެބެއިންގެ ދެ ދަރި، ސޯނަމް ކަޕޫރު ވަނީ ކޮއްކޮގެ ދިފާއުގައި ނުކުމެފައެވެ. އެގޮތުން ޖާންވީ ސޯޓަކާއެކު ގަމީހެއްލާފައި ހުރި ފޮޓޯއެއް އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށް އޭނާގެ ހެދުން އެޅުމަށް ވަނީ ތައުރީފް ކޮށްފައެވެ.

- ޖާންވީ
View this post on Instagram

Sky above,sand below, peace within 🌊☀🥳

A post shared by Katrina Kaif (@katrinakaif) on


ޖާންވީއާ ގުޅިގެން ކެޓްރީނާ ދެއްކި ވާހަކަތަކާއި ގުޅިގެން ކެޓްރީނާ އާއި ކަޕޫރު އާއިލާގެ މެދުގައި މައްސަލަތަކެއް އުފެދިދާނެ ކަމަށް ބެލެވެއެވެ.
ހިޔާލު

ޖާރިޔާ އަޙުމަދު ދީދީ

އާއްމުކޮށް ސޯޓުލާ ވާހަކައެއް ނޫންދޯ ކެޓް އެބުނީ. ޖިމަށް ދާއިރު ކުރު ސޯޓު ލާތީ. ކެޓް ބިކިނީގަވެސް އުޅުނު. މާނައެއް ނޫން ދޯ ޖިމަށްވެސް ބިކިނީގަ ދާން އޯކޭވާން ޖެހޭނެއޭ. ކޮންމެ ކަމަކާވެސް ގުޅޭ ގޮތަށް ހެދުން އަޅަންވާނީ