Lanka amaanvefaivaakan dhehkumah MDP ge is verin e gaumah
image
ރައީސް ނަޝީދު.-- ފޮޓޯ: އެމްޑީޕީ
2 ކޮމެންޓް
 

ލަންކާ އަމާންވެފައިވާކަން ދެއްކުމަށް އެމްޑީޕީގެ އިސް ވެރިން އެ ގައުމަށް

އަވައްޓެރި ސްރީ ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު މިހާރު އެ ގައުމުގައި އަމާންކަން ގާއިމްވެފައިވާކަން ދެއްކުމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ އިސް ވެރިން އެ ގައުމަށް ވަޑައިގެންނެވުމަށް ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބުނީ އެ ދަތުރުގައި ރައީސް ނަޝީދުގެ އިތުރުން، އެ ޕާޓީގެ މަޖިލީސް މެމްބަރުންނާއި، ގައުމީ މަޖިލީހުގެ މެމްބަރުން މި މަހުގެ 15 ވަނަ ދުވަހު ލަންކާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ލަންކާ އަކީ ވަރަށް ގާތް ގައުމެއް ކަމަށާއި، ހާއްސަކޮށް އެމްޑީޕީން އެންމެ ބޭނުންވި ދަނޑިވަޅުގައި އެކުވެރިއެއްގެ ގޮތުން ވަރަށް ގާތް އެހީތަކެއް ލަންކާ އިން އެ ޕާޓީ އަށް ފޯރުކޮށްދިން ކަމަށް އެމްޑީޕީން ބުނެ އެވެ. އެމްޑީޕީން ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ވެރިންނަށް އެ ގައުމުން ހިމާޔަތާއި ރައްކާތެރިކަން ދިން ކަން ފާހަގަ ކޮށްފަ އެވެ.

އެގޮތުން އެމްޑީޕީން އަބަދު ވެސް ލަންކާ އަކީ ގާތް ގައުމެއްގެ ގޮތުގައި ދެކޭނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ. އަދި ލަންކާ އަށް ދިމާވި ޓެރަރިސްޓް ހަމަލާ އަށް ފަހު އެ ގައުމުގައި ސުލްހަ ގާއިމް ކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރާނެ ކަމަށް ޔަގީންކުރާ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި، ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލާފައިވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފަހު އެ ގައުމުން ހިމާޔަތް ހޯދި އެވެ. އަދި އެއަށް ފަހު ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމަށް ރައީސް ނަޝީދު އެތައް ފަހަރަކު ލަންކާ އަށް ވަޑައިގެން އުޅުއްވި އެވެ.
ހިޔާލު

އަރީ

ލަންކާ އަމާނީ މުސްލިމުނޫން މީހުނަށް.. މީ ވަރަށް ވާހަކަ

ލަކޫ

ލަންކާ އަމާނެއް ނުވޭ އެމްޑީޕީ ކޮސްނުގޮވާ އެތާގެ ބުޑިސްޓުން ނާއި މުސްލިމުން ނާއި ދެމެދު ހިންގާ ކޯޅުން ހިންގަނީ ސިޔާސީ މީހުން !