Adeeb bandhugai behettumah edhi court ah haaziru kohffi
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކޯޓަށް ވަޑައިގަންނަވަނީ--
0 ކޮމެންޓް
 

އަދީބު ބަންދުގައި ބެހެއްޓުމަށް އެދުމުން ކޯޓަށް ހާޒިރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދުމުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ މިދިޔަ ހަފްތާގައި ބާތިލުކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފަ އެވެ. އަދި ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ، 15 ދުވަހުގެ މުއްދަތަކަށް އަދީބު ބަންދުގައި ބެހެއްޓުމަށް ވެސް ހައިކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

އެކި މައްސަލަ ތަކުގައި އަދީބުގެ މައްޗަށް އިއްވާފައިވާ ޖުމުލަ 33 އަހަރުގެ ޖަލު ހުކުމް ކޯޓުތަކުން ބާތިލުކޮށް އޭގެން ބައެއް މައްސަލަތައް އަލުން ބެލުމަށް އަމުރު ކޮށްފައިވާއިރު، އަދީބު މިވަގުތު ހުރީ ކޯޓުގެ ހުުރުމަތް ކެނޑި ކަމުގެ މައްސަލައެއްގައި ގޭގައި ބަންދުކޮށްފަ އެވެ.
ހިޔާލު