Majilihuga Modi thagreeru kuravvaanee anna honihiru dhuvahu
image
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ--
0 ކޮމެންޓް
 

މަޖިލިހުގައި މޯދީ ތަގުރީރު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިހުގައި ތަގްރީރު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެފި އެވެ.
މަޖިލިހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މޯދީ ތަގްރީރް ކުރެއްވުމަށް ހަމަޖެހިފައި ވަނީ ޖޫން 8 ވާ ހޮނިހިރު ދުވަހު އިރުއޮއްސި 06:45 ގައި ކަމަށެވެ.

އެ ރޭ ބާއްވާ މަޖިލިސް ޖަލްސާގައި ސަރުކާރުގެ މިނިސްޓަރުންނާއި، ބޭރު ގައުމުތަކުގެ ސަފީރުންނާއި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަތުމަށް އެދި މަޖިލިހުން ދައުވަތު އަރުވާނެ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 އިން 8 އަށެވެ. މިއީ ދެވަނަ ދައުރަކަށް ބޮޑު ވަޒީރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ފަހުން މޯދީ އިންޑިއާއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ހިޔާލު