Modi ge namugai fake websiteh hingamun dhiya meehaku hayyaru koffi
image
އިންތިހާބުގެ ކާމިޔާބީއަށްފަހު މޯދީ އުފާ ފާޅު ކުރައްވަނީ---
0 ކޮމެންޓް
 

މޯދީގެ ނަމުގައި ފޭކު ވެބްސައިޓެއް ހިންގަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ނަމުގައި ފޭކް ވެބްސައިޓެއް ހިްގަމުން ދިޔަ މީހަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފި އެވެ.
ނިމިދިޔަ އިންތިހާބުގައި މޯދީ ބޭނުން ކުރެއްވި ބައެއް ލޯގޯ އާއި ޝިއާރުތައް ހިމަނައިގެން އުމުރުން 23 އަހަރުގެ ރާކޭޝް ޖަންގިދު ވެބްސައިޓެއް ހިންގަމުން ދިޔައީ ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންނެވުމާއި ގުޅިގެން ހިލޭ ލެޕްޓޮޕު ބަހަން ނިންމާފައިވާ ކަމަށް ބުނެ އެވެ.

ރާޖަސްތާންގެ ނާގައު ޑިސްޓްރިކްޓަށް ނިސްބަތްވާ ރާކޭޝް އެ ވެބްސައިޓު މެދުވެރިކޮށް ފުރުސަތު ހުޅުވާލުމާއި އެކު 15 ލައްކައަށް ވުރެ ގިނަ މީހުން އެ ޕްރޮގުރާމުގައި ބައިވެރިވުމަށް އެމީހުންގެ ޒާތީ މައުލޫމާތު އެ ވެބްސައިޓާ ހިއްސާކޮށްފައިވާ ކަމަށް އިންޑިއާ ފުލުހުން ބުނެ އެވެ.

ރާކޭޝް ނިންމާފައިވަނީ އޭނާގެ ވެބްސައިޓަށް މައުލޫމާތު ފޮނުވި 15 ލައްކައަށް ވުރެ ގިނަ މީހުންގެ މައުލޫމާތުތައް އިންޓަނެޓުގެ ޒަރިއްޔާއިން އެކި ކަހަލަ ކުށްތައް ކުރާ ފަރާތްތަކަށް ބޮޑު އަގުގައި ވިއްކުމަށެވެ.

ރާކޭޝް ކުށަށް އިއުތިރާފުވެފައިވާ އިރު އެ މައްސަލާގައި އިތުރު ބަޔަކު ޝާމިލުވޭތޯ ބެލުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މޮޑީ އިންޑިއާ
ހިޔާލު