Valhu Eid dhuvahu haveeru vehicle dhuhvey gothah hadhaifi
image
މާލޭގެ މަގެއް -- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ވަޅު އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވޭ ގޮތަށް ހަދައިފި

މިއަހަރުގެ ފިތުރު އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ނުދުއްވޭ ގޮތަށް ކުރިން ނިންމި ނަމަވެސް ވަޅު އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވޭ ގޮތަށް ބަދަލު ގެނެސްފި އެވެ.
ކުރިން ނިންމާފައި އޮތީ ފިތުރު އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި ވެހިލް ނުދެއްވޭ ގޮތަށެވެ. އެކަމަކު ޓްރާންސްޕޯޓް އޮތޯރިޓީ އިން އިއްޔެ ބުނީ ވެހިކަލް ނުދުއްވޭނެ ހަމައެކަނި ދުވަހަކީ އީދު ދުވަހުގެ ހަވީރު ކަމަށެވެ.

އީދު ދުވަހުގެ ހަވީރު ފައި މަގުގައި އުޅެން ޖެހޭ ގޮތަށް ކަނޑައަޅާފައިވާއިރު މާލޭ ސިޓީ ކައުންސލުން ވަނީ ފައި މަގުގައި އުޅެން ޖެހޭ ވަގުތުތަކުގައި ޕަބްލިކް ޓްރާންސްޕޯޓް ފޯރުކޮށްދޭ އުޅަނދުތައް އަދި ސިޓީ ކައުންސިލުގެ ހުއްދަ ހޯދާފައިވާ ފަރާތްތަކަށް އެ ވަގުތު ތަކުގައި ވެސް ދުއްވޭނެ ކަމަށް ބުނެފަ އެވެ.

ޓްރާސްޕޯޓުން ބުނީ، އެ ވަގުތުތަކުގައި ދުއްވާ ފަރާތްތަކުން އުޅަނދުތައް ދުއްވަން ޖެހޭނީ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ހުއްދަ އެ އުޅަނދެއްގައި ހަރުކޮށްގެން ކަމަށެވެ. އަދި އެންގުމާއި ހިލާފަށް އުޅޭ ފަރާތްތަކުން 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ހިޔާލު