Raees Solih ge sarukaareh nuhingaa, javaabudhaaree kuruvanjehey: MP Jabir
image
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ފައިލް ފޮޓޯ
1 ކޮމެންޓް
 

ރައީސް ސޯލިހުގެ ސަރުކާރެއް ނުހިނގާ، ޖަވާބުދާރީ ކުރުވަންޖެހޭ: ޖާބިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިނގަމުން ނުދާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމެޓީތައް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު ނުހިނގާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް މަޖިލީހުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން ކަނޑައަޅާއިރު، ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންނަށް ކޮމެޓީގެ މެޖޯރިޓީ ދީފި ނަމަ ސަރުކާރު ޖަވާބުދާރީ ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމެވެ.

ރައީސް ސޯލިހުގެ ސަރުކާރާ ދެކޮޅަށް ޖާބިރު ވާހަކަ ދެއްކުމާއެކު މަޖިލީހުގެ ތަޅުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިގެން ދިޔައެވެ. އަދި ޖާބިރު ވަނީ ޝަރީފު ސިކުނޑީގެ މައްސަލައެއް އުޅޭނަމަ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ވެސްގޮވާލައްވާފަ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރު ހިންގާ އެމްޑީޕީއަށް ލިބިފައިވާއިރު، ޖާބިރަކީ އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް ޖާބިރު މަޖިލީހުގައި ތަމްސީލްކުރައްވަނީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. އަދި ޖާބިރު ގެންދަވަނީ ސަރުކާރާއި އެމްޑީޕީއަށް ބަހުގެ ހަމަލާތައްވެސް ދެއްވަމުންނެވެ.
ހިޔާލު

އަލާބް

މިހާރު ކާށިދޫއާއި ގާފަރު ގުޅާލުމުގެ މަސައްކަތް ޖާބިރު ފެށީތޯ ؟ އެއީ ވެސް ވައުދެކެވެ. އަދި މާލޭ މީހުން ވެސް ޚިދުމަތް ހޯދުމަށްޓަކައި 10 މިނެޓުން ނުވަތަ 5 މިނެޓުން ދެވޭނެކަމަށް ބުނެ ރައްޔިތުންނަ ވީ ވައުދު ފުއްދައި ދޭނެކަމުގެ ފޮނި އުއްމީދުގައި އެރައްޔިތުން އެބަތިބިއެވެ.