CNM Badhige: Sweet Fruit Salad
image
0 ކޮމެންޓް
 

ސީއެންއެމް ބަދިގެ: ސްވީޓް ފްރުޓް ސެލެޑް

ތިރީގައި އެވަނީ ސްވީޓް ފްރުޓް ސެލެޑް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި

1 ދަޅު ގެރިކިރު
1 ދަޅު ފްރޯޒަން ވިޕްޑް ޓޮޕިން ކްރީމް
1 ދަޅު ޗެރީ ޕައި ފިލިން
1 ދަޅު އަލަނާސި (ފެންހުސްކޮށް ކޮށާފައި)
1.5 ޖޯޑު ކުދި މާޝްމެލޯ

ތައްޔާރު ކުރާނެ ގޮތް

ބޮޑު ތައްޓެއްގައި ގެރިކިރާއި ވިޕިން ކްރީމް ރަނގަޅަށް މިކްސް ކުރާށެވެ. އޭގެ ތެރެއަށް ޗެރީ ޕައި ފިލިން، އަލަނާސި އަދި މާޝްމެލޯ އެޅުމަށް ފަހު އެއްކޮށްލާށެވެ. ރަނގަޅަށް މިކްސްކޮށްފައި ފްރިޖަށް ލާށެވެ. އަދި ފިނިކޮށް ހުއްޓާ ސާވް ކުރާށެވެ.
ހިޔާލު