Apple in iTunes huttaalai, aa App thakakah
image
އެޕަލްގެ ސީއީއޯ ޓިމް ކުން އެ ކުންފުނީގެ އާ މެކްބުކް ޕްރޯ ތައާރަފް ކޮށްދެނީ.-- ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

އެޕަލް އިން އައިޓިއުންސް ހުއްޓާލައި، އާ އެޕް ތަކަކަށް

އެޕަލްގެ މިއުޒިކް އެޕް، އައިޓިއުންސް ހުއްޓާލުމަށް ފަހު އާ އެޕްލިކޭޝަންތަކެއް ތައާރަފް ކުރަން ނިންމައިފި އެވެ.
އެޕަލް އިން 2001 ވަނަ އަހަރު ތައާރަފްކުރި އައިޓިއުންސް ހުއްޓާލަން އުޅޭކަމަށް އަޑުފެތުރިފައި ވަނިކޮށް، އެޕަލްގެ އެނުއަލް ޑިވެލޮޕާ ކޮންފަރެންސްގައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، އައިޓިއުންސްގެ ބަދަލުގައި ދެން އެޕަލް އިން ގެންގުޅޭނީ އެޕަލް މިއުޒިކް އާއި އެޕަލް ޕޮޑްކާސްޓްސް އަދި އެޕަލް ޓީވީ އެވެ.

އައިޓިއުންސް ހުއްޓާލި ނަމަވެސް، ވިންޑޯސް ބޭނުންކުރާ ފަތާތްތަކަށް އަދިވެސް އެއްވެސް ބަދަލެއް ނައިސް އައިޓިއުންސް ބޭނުންކުރެވޭނެ ކަމަށް އެޕަލް އިން ބުނެ އެވެ. އެކަމަކު އެޕަލްގެ ޑިވައިސްތަކުގައި އިތުރަށް އައިޓިއުންސް ބޭނުމެއް ނުކުރާނެ އެވެ.

އޭގެ އިތުރުން އެޕަލް އިން ވަނީ އެ ކުންފުނީގެ ބައެއް އާ ޕްރޮޑަކްޓްތައް ވެސް އެ ކޮންފަރެންސްގައި ތައާރަފް ކޮށްފަ އެވެ. އޭގެ ތެރޭގައި އެޕަލް އިން އަލަށް ނެރުނު މެކްބުކް ޕްރޯ ހިމެނެ އެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޑިވެލޮޕާސް ކޮންފަރެންސްގައި އެޕަލް އިން އިއުލާނު ކޮށްފައިވަނީ އަލަށް އެޕަލް އިން ބޭނުންކުރާނެ ޕްރައިވެސީ މެޝާސް ތަކެވެ. އެގޮތުން ސޯޝަލް މީޑިއާ އެޕްތަކަށް ވަންނައިރު، އެ މީހާގެ މައުލޫމާތުތައް ރައްކާތެރިކޮށްދިނުމަށް އާ ސައިން-އިން އެއް އެޕަލް އިން ތައާރަފް ކުރި އެވެ.

ލޮކޭޝަން ބޭނުންވާ އެޕްތަކުން އެ މައުލޫމާތު ބޭނުންވާ ކޮންމެ ވަގުތަކު ވެސް އެ ޑިވައިސް ބޭނުންކުރާ މީހާގެ ހުއްދަ ހޯދަން ޖެހޭގޮތަށް ހެދުމުގެ ފުރުސަތު ވެސް މިހާރު އެޕަލް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް ލިބޭނެ އެވެ. އޭގެ އިތުރުން ވެސް ޑިވައިސްގެ ލޮކޭޝަން ބެލުމަށް ވައިފައި ނުވަތަ ބްލޫޓޫތު ކަހަލަ ސިގްނަލްތައް ބޭނުން ނުކުރެވޭ ގޮތްވެސް އެޕަލް އިން ވަނީ ހަދާފަ އެވެ.
ހިޔާލު