Furathama Hip Hop Billionaire akah Jay-Z
image
ޖޭ-ޒީ އާއި ބިޔޯންސޭ.-- ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

ފުރަތަމަ ހިޕް ހޮޕް ބިލިޔަނަރަކަށް ޖޭ-ޒީ

ދުނިޔޭގެ އެންމެ ފުރަތަމަ ހިޕް ހޮޕް ބިލިޔަނަރަކަށްާ މަޝްހޫރު ރެޕާ ޖޭ-ޒީ، ފޯމްބްސް މެގަޒިން އިން ލިސްޓް ކޮށްފި އެވެ.
ފޯބްސް އިން ބުނީ، ޖޭ-ޒީގެ މިލްކިއްޔާތު އެއް ބިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި އެހެން ފަންނާނުންނާ ހިލާފަށް ޖޭ-ޒީގެ މިލްކިއްޔާތު ކުރިއަރައިގެން ދިޔައީ އޭނާ އަމިއްލަ ބްރޭންޑްތައް އުފެއްދުމުން ކަމަށް ފޯބްސް އިން ބުނެ އެވެ. މަޝްހޫރު ތަރިން ގިނައިން އެމީހުންގެ އަމިއްލަ ބްރޭންޑްތައް ނެރުމުގެ ބަދަލުގައި އެހެން ބްރޭންޑްތައް އެންޑޯޒް ކޮށްގެން، ގަނަނީ އެންޑޯޒްމަންޓް ފީއެއް ކަން ފޯބްސް އިން ފާހަގަ ކުރެ އެވެ.

އެކަމަކު ޖޭ-ޒީ އަކީ މިއުޒިކް އިންޑަސްޓްރީގެ އިތުރުން ގެދޮރުގެ ވިޔަފާރި އާއި ފެޝަން އިންޑަސްޓްރީގައިގެ އިތުރުން ވެސް އެތައް ވިޔަފާރިއެއް ކާމިޔާބު ކަމާއި އެކު ކުރަމުން އަންނަ ތަރިއެކެވެ.

ޖޭ-ޒީގެ އަންހެނުން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ މިލްކިއްޔާތު ވެސް 335 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ފޯބްސް އިން ބުނެ އެވެ. ބިޔޯންސޭ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއުޒިކްގެ އިތުރުން އޭނާގެ އެންޑޯޒްމަންޓް ފީގެ ގޮތުގަ އެވެ.

ފޯބްސް އިން ވަނީ މަޝްހޫރު ރެޕާ އަދި ޕްރޮޑިއުސާ ޑރ. ޑްރީގެ މިލްކިއްޔާތު ބިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަތައް ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ ޑރ. ޑްރީގެ ބީޓްސް ހެޑްފޯން ވިޔަފާރި 2014 ވަނަ އަހަރު އެޕަލް އަށް ވިއްކާލުމާ އެކު އޭނާ ބިލިޔަނަރުންގެ ލިސްޓަށް އަރާފައިވާ ކަމަށެވެ. އެކަމަކު ފޯބްސް އިން ބުނާގޮތުގައި އޭނާގެ މިލްކިއްޔާތުގައި މިދިޔަ އަހަރާ ހަމައަށް ހުރީ 770 މިލިޔަން ޑޮލަރެވެ.
މިއުޒިކް ހޮލީވުޑް
ހިޔާލު