CNM Badhige: Mutton Biriyani
image
0 ކޮމެންޓް
 

ސީއެންއެމް ބަދިގެ: މަޓަން ބިރިޔާނީ

ތިރީގައި އެވަނީ މަޓަން ބިރިޔާނީ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާތަކެތި

ސެފްރޮން (ގާތްގަނޑަކަށް ދެ އިނގިލިކުރީން ހިފާފައި ދެ ފަހަރު ނެގޭހާ އެއްޗެހި)
1 ފޮނިތޮށި
1 ކާފޫރުތޮޅި (ފެހިކުލައިގެ)
2/1 ޖޯޑު ފްރެޝް ކްރީމް
2/1 ޖޯޑު ގިތެޔޮ
4 ހިކިމިރުސް
1 ބޭލީފް
2 ސައިސަމްސާ ދިރި
1 މޭޒުމަތީ ސަމްސާ އިނގުރު (ގާނާފައި)
1 މޭސުމަތީ ސަމްސާ ލޮނުމެދު (ގާނާފައި)
2/1 ޖޯޑު ކެޝޫ ނަޓް
2/1 ޖޯޑު ހިކިމޭބީސްކަދުރު
1 ސައިސަމްސާ ގަރަމް މަސާލާ ޕައުޑަރ
4/1 ޖޯޑު މިލްކް
1 ޖޯޑު ފިޔާ (ތުނިކޮށް ފޮތިކޮށް ކޮށާފައި)
1 ސައިސަމްސާ ކޮރިއެންޑާރ ލީވްސް (ކުދިކުދިކޮށް ކޮށާލާފައި)
1 ސައިސަމްސާ މިންޓް ލީވްސް (ކުދިކުދިކޮށް ކޮށާލާފައި)
1 ސައިސަމްސާ ކަސޫރި މެތީ ޕައުޑަރ
1 ކިލޯ މަޓަން
1 ޖޯޑު ޔޯގަޓް
1 ސައިސަމްސާ ދިރި (މުގުރާފައި)
2/1 ޖޯޑު މަސްޓަޑް އޮއިލް
ލޮނު
1 ސައިސަމްސާ ރީންދޫ
1 ސައިސަމްސާ ކޮރިއެންޑަރ ޕައުޑަރ
4/1 ސައިސަމްސާ ސްޓަރ އެނައިސް ޕައުޑަރ
1 ސައިސަމްސާ މުގުރި މިރުސް
2 ޖޯޑު ބާސްމަތީ ހަނޑޫ

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ މަޓަން ސާފުކޮށް ރަގަޅަށް ދޮވެލާށެވެ. އެއަށްފަހު ސާފް ފޮތިކޮޅެއް ނުވަތަ ކިޗަން ޓަވަލްއެއް ބޭނުންކޮށްގެން ހިއްކާލާށެވެ.
އެއަށްފަހު މެރިނޭޝަންއަށް ބޭނުންވާ ހުރިހައި އެއްޗެއް މަޓަންގެ ތެރޭގައި އެއްކޮށްލާށެވެ. މަސްގަނޑުގައި ރަގަޅަށް ހާކާލުމަށްޓަކައި އަތުން މޮޑެލާށެވެ. ވީހާވެސް ގިނައިރަކު މެރިނޭޓްކުރުމަށްޓަކައި ރެފްރިޖެރޭޓަރގައި ބެހެއްޓުން ރަގަޅެވެ. ތަންކޮޅެއް އަވަހަށް މި ޑިޝް ތައްޔާރުކުރުމަށް ބޭނުންނަމަ، އުލެއް ބޭނުންކޮށްގެން މަސްގަނޑުގެ ތެރެއަށް ހަރާލާފައި ކުދި ލޯވަޅުތަކެއް އަޅާފައި މެރިނޭޓްކުރަން ބާއްވާށެވެ.

ހަނޑޫތައް ރަގަޅަށް ދޮވެލާފައި ކައްކާލާށެވެ. މާބޮޑަށް ކައްކައިފިނަމަ މަޓަންއާއި އެއްކުރާއިރު ބަތްތައް ތަތްލަވާނެއެވެ. އެއަށްފަހު 4/1 ޖޯޑު މިލްކުގެ ތެރެއަށް ސެފްރޮން އަޅާލާށެވެ. ދެން ތަވާއަކަށް ގިތެޔޮ އަޅާފައި ހޫނުކޮށްލާށެވެ. އަދި އެއަށްފަހު ކެޝޫނަޓް އަދި ހިކިމޭބިސްކަދުރު ވަޅޯކޮށްލާށެވެ.

ތުނިތުނިކޮށް ކޮށާފައި ފިޔާވެސް ގިތެޔޮކޮޅުގައި ވަޅޯކޮށްލާށެވެ. ފިޔާގެ ދެބައިކުޅައެއްބައި ފަހުން ބޭނުންކުރުމަށް ބަހައްޓާށެވެ. މަޓަން ރެފްރިޖެރޭޓަރއިން ނެގުމަށްފަހު ފިނިކަނޑުވާލުމަށް ބަހައްޓާލާށެވެ. ކެއްކުމުގެކުރީން ފިނިކަނޑުވާލުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއަށްފަހު އެތެރެއަށް ފުންކޮށް އިންނަކަހަލަ ތެއްޔެއްގައި ގިތެޔޮކޮޅަށް ހޫނުކޮށްލާށެވެ. މި ތެލީގައި ޖެހޭނެވަރުގެ މައްޗެއް އޮންނަންވާނެއެވެ.

ގިތެޔޮކޮޅަށް ރަގަޅަށް ހޫނުވުމުން އޭގެތެރެއަށް ފޮނިތޮށި، ބޭލީފް، ކާފޫރުތޮޅި، އަދި ދިރިކޮޅު އަޅާލާށެވެ. އެއަށްފަހު އޭގެތެރެއަށް ފިޔާ، އިނގުރު، ލޮނުމެދު، އަޅާފައި އެއްކޮށްލާފައި މަތި ބަންދުކޮށްލާށެވެ. މަޓަންތައް ރަގަޅަށް ރޯފިލަންދެން އެގޮތުގައި ކައްކާލާށެވެ.

އެއަށްފަހު އޭގެތެރެއަށް ގަރަމްމަސާލާ އަޅާފައި މަޓަންގަނޑުން ހުރިހައި ފެންތައް ބޭރުވެ، ތެޔޮގަނޑާއި މަސްގަނޑު ވަކިވަންދެން ރަގަޅަށް ކައްކާށެވެ. އެއަށްފަހު މަޓަން އޭގެތެރެއިން ނަގާށެވެ. ދެން އޭގެތެރެއަށް ކައްކާފައި ހުރި ބަތުގެ ފަށަލައެއް އަޅާލާށެވެ. އެއަށްފަހު މަޓަންގެ ފަށަލައެއް އަތުރާލާށެވެ. މިގޮތަށް ތަކުރާރުކުރަމުން ގެންދާށެވެ. އަދި ކޮންމެ ފަށަލައެއްގެ ދޭތެރެއަށް ގިތެލުގައި ތެލުލާފައިހުރި ތަކެތީން ބައެއް އަތުރާލަންވާނެއެވެ. އެންމެ މައްޗަށް ބަހައްޓާނީ ބަތުގެ ފަށަލައެކެވެ. އެއަށްފަހު އޭގެ މައްޗަށް ސެފްރޮން އެޅި މިލްކް އަދި ކްރީމް އަޅާލާށެވެ. އެއަށްފަހު މަތި ބަންދުކޮށްލާ މަޑުގިނީގައި ގާތްގަނޑަކަށް 10-12 މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު އުނދުން މަތީން ބާލައި، ފިޔާ، މިންޓް، ކޮރިއެންޑަރ ބޭނުންކޮށްގެން ގާނިޝް ކޮށްލާށެވެ.
ހިޔާލު