Ha in Lha ah white alert, Baa in Thaa ah Yellow alert
image
ހއ އިން ޅ އަށް ވައިޓް އެލާޓް ބ އިން ތ އަށް ޔެލޯ އެލާޓް
ސީއެންއެމް
0 ކޮމެންޓް
 

ހއ އިން ޅ އަށް ވައިޓް އެލާޓް، ބ އިން ތ އަށް ޔެލޯ އެލާޓް

ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފިއެވެ.
ވަކިވަކިން ނެރުނު ދެ އެލާޓްގައި ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް ނެރެފައިވަނީ ވައިޓް އެލާޓެވެ. އަދި ބ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރެފައިވަނީ ޔެލޯ އެލާޓެވެ.


މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމުގައެވެ.


ބ އަތޮޅުން ފެށިގެން ތ އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު އެ ސަރަހައްދުތަކަށް ވައި ގަދަވެ ކަނޑުވެސް ގަދަވާނެކަމަށް ލަފާނުރެވޭކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި އެސަރަހައްދު ތަކަށްވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.
މޫސުން މެޓް ވިއްސާރަ
ހިޔާލު