Sifco ah nulibuvanee kurin masahkaiyykuri kunfunin dheynjehey faisa: Isaland Expert
image
ސިފްކޯ ހިޔާ ފްލެޓްގެ މަސައްކަތުގެ ތެރެއިން: ފައިލް ފޮޓޯ
އަހުމަދު
1 ކޮމެންޓް
 

"ސިފްކޯއަށް ފައިސާ ދޭންޖެހެނީ ކުރިން މަސައްކަތްކުރި ކުންފުނިން"

ހުޅުމާލޭގައި ސިފައިންނަށް އަޅާ 300 ފްލެޓް "ސިފްކޯ ހިޔާ" މަސައްކަތް ހަވާލުކުރި ކުންފުނިން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް ލިބެންޖެހޭ 92 މިލިއަން ރުފިޔާ އަކީ އެމަސައްކަތާއި ކުރިން ހަވާލުވި ކުންފުނިން ދޭންޖެހޭ ފައިސާ ކަމަށް މިހާރު އެމަސައްކަތް ކުރަމުން ގެންދާ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
ސިފައިންގެ ފްލެޓްތައް އެޅުމަށް ހަވާލުކުރި ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ އެކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް ޓާމިނޭޝަން އެގްރީމެންޓެއް ހަދާފައިވާކަމަށް އޭސީސީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ސިފްކޯއަށް ހުށަހަޅާފައިވާ ތިން ޕޯސްޓް ޑޭޓެޑް ޗެކް ބައުންސް ވެފައިވާކަމަށާއި، އަދި އޭގެ ސަބަބުން ސިފްކޯއަށް ލިބެންޖެހޭ 92 މިލިއަން ރުފިޔާ އަނބުރާ ލިބިފައި ނުވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އޭސީސީގެ ރިޕޯޓްގައިވާ ގޮތުން ހައުސިން މިނިސްޓްރީން އެ ކުންފުންޏަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކާއި ގުޅިގެން އެކުންފުޏަށް ދައްކަންޖެހޭ ފައިސާއިން، ސިފްކޯއަށް ދައްކަންޖެހޭ ފައިސާ އުނިކުރުމުގައި އިއުތިރާޒެއް ނުކުރާ ކަމަށް ބަޔާންކޮށް އެކުންފުނިން ވަނީ ސިފްކޯއަށް ސިޓީއެެއް ފޮނުވާފައެވެ. އެހެންކަމުން ދިވެހި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާއި ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާ ނަމަ، އެކުންފުނިން ސިފްކޯ އަށް ދައްކަންޖެހޭ 92 މިލިއަން ރުފިޔާ އުނި ކުރުމަށްފަހު، އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ފިނޭންސަށް އަންގާފައިވާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ. އަދި ސަރުކާރުން އެކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވާނަމަ އެފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޭސީސީން ވަނީ ސިފްކޯއަށް އަންގާފަ އެވެ.

ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ މަސައްކަތް ހަވާލުކުރި ކުންފުނިން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް ލިބެންޖެހޭ ފައިސާގެ މައްސަލަ ބެލުމަށްފަހު ނެރުނު ބަޔާނުގައި މަސައްކަތް ހަވާލުކުރި ކުންފުނީގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އޭސީސީގެ ބަޔާނުގައި ކުންފުނީގެ ނަން ބުނެފައި ނުވާއިރު ސިފައިންގެ ފްލެޓްގެ މަސައްކަތް މިހާރު ކުރަމުންދާ އައިލެންޑް އެކްސްޕާޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭސީސީގެ ބަޔާނުގެ ސަސަބުން ބައެއް ފަރާތްތަކަށް ކުށްހީވެ އޮޅުންއަރާފައިވާ ކަމުގައެވެ.

އައިލެންޑް އެކްސްޕާޓުން ބުނެފައިވަނީ ސިފްކޯ ހިޔާގެ މަސައްކަތް ކުރިން ކުރި ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން އުވާލާފައި ވަނިކޮށް އައިލެންޑް އެކްސްޕާޓުން އެމަސައްކަތާއި ހަވާލުވީ 04 މެއި 2016 ގައި ކަމުގައެވެ. އަދި އޭގެ ފަހުން ކުރަން ޖެހޭ މަސައްކަތްތައް ބަރާބަރަށް ނިންމަމުން ގެންދާކަމަށްވެސް އައިލެކްޑް އެކްސްޕާޓުން ބުނެއެވެ.

އައިލެންޑް އެކްސްޕާޓުން ބުނީ އެކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށާއި އޭސީސީން ހަވާލާދޭ ފައިސާއަކީ ސިފްކޯ ހިޔާގެ މަސައްކަތް ކުރިން ކުރި ކުންފުނިން ދައްކަންޖެހޭ ފައިސާ ކަމުގައެވެ. ނަމަވެސް އައިލެންޑް އެކްސްޕާޓްގެ ބަޔާނުގައިވެސް އެކުންފުނީގެ ނަން ބުނެފައެއް ނުވެއެވެ.
ހިޔާލު

ލީމަން ޒާހިރު

ޖެނެރަލް ޝިޔާމުގެ ކުންފުނި.. ކީއްވެ ބުނަން ނުކެރެނޭ..