Kulhudhuffushi gai fenboduve gethakah fen vadhejje
image
ކުޅުދުއްފުށީގައި ފެންބޮޑުގެ ގެތަކަށް ފެން ވަދެއްޖެ
ސީއެންއެމް
0 ކޮމެންޓް
 

ކުޅުދުއްފުށީގައި ފެންބޮޑުގެ ގެތަކަށް ފެން ވަދެއްޖެ

މިހާރު ކުރަމުންދާ ވިއްސާރާގައި ހދ ކުޅުދުއްފުށީގައި ފެންބޮޑުވެ 16 ގެއަކަށް ފެން ވަދެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެން ބޮޑުވުމުގެ ސަބަބުން ހަތަރު ގެއެއްގައި ދިރިއުޅުމަށް ދަތިވެފައިވާތީ އެ ގެތަކުގެ އާއިލާތައް މިހާރުވަނީ އެހެން ގޭތަކަށް ބަދަލުކޮށްފައެވެ.

ފުލުހުންބުނީ ވިއްސާރާގައި ކުޅުދުއްފުށީގައި ފެން ބޮޑުވުމުގެ ސަބަބުން ފުލުހުންނާއި ސިފައިން އަދި އާއްމު ރައްޔިތުން ކުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސް ވަރެކެވެ. ވިއްސާރާގައި އެހެން ބައެއް ރަށްރަށުގައިވެސް ފެންބޮޑުވެ އަންނަނީ ގެއްލުންތައް ވަމުންނެވެ.
ހިޔާލު