Boakoh vaarey vehi velidhoo gai fenbodu vejje
image
ވެލިދޫގައި ފެންބޮޑުވެގެން ފުލުހުން ހަރަކާތްތެރިވަނީ: ޕޮލިސް ފޮޓޯ
ސީއެންއެމް
1 ކޮމެންޓް
 

ބޯކޮށް ވާރޭވެހި ވެލިދޫގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނ ވެލިދޫގައި ފެންބޮޑުވެއްޖެ އެވެ.
ފުލުހުން ބުނީ ވެލިދޫގައި ފެންބޮޑުވުމުގެ ސަބަބުން ފެން ދިންދުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާ ކަމުގައެވެ.
ނަމަވެސް ވެލިދޫގައި ފެންބޮޑުވެފައިވާ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އުތުރާއި ދެކުނުގެ ގިނަ ރަށްތަކަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.
ހިޔާލު

މުހައްމަދު

ނ. ހޮޅުދޫގައިވެސް ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ގޭގެއަށް ވަނީ ފެންވަދަފައެވެ.