K- Pop Band VAV mihaaru beynun vanee Aamir Khan aa eku masakkaiy kuran
image
0 ކޮމެންޓް
 

ކޭ ޕޮޕް ބޭންޑް، ވީއޭވީ މިހާރު ބޭނުންވަނީ އާމިރު ހާންއާއެކު މަސައްކަތް ކުރަން

ކޭ ޕޮޕްއޭ ބުނުމުން މިއަދު ނޭނގޭނެ ބަޔަކު މަދުވާނެ އެވެ. އެމީހުންގެ އަވައިގައި އެންމެން ވަނީ ޖައްސާފަ އެވެ. ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ސައުތު ކޮރެއާގެ ކޭ ޕޮޕް ގުރޫޕެއް ކަމުގައިވާ، ވީއޭވީ އިން ދާދިފަހުން މިވަނީ އިންޑިއާގެ ދިއްލީގައި އެމީހުންގެ ލަވަތައް ހުށަހަޅާފަ އެވެ.
ހުށަހެޅުންތަކަށް ފަހު އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި އެމީހުން ވަނީ ބޮލީވުޑުގެ މަޝްހޫރު ތަރި، އާމިރު ހާންއާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. 2009 ވަނަ އަހަރު ނެރުނު ފިލްމު، "3 އިޑިއަޓްސް" އަކީ އިންޑިއާގެ ފިލްމުތަކުގެ ތެރެއިން ކޮރެއާގައި އެންމެ މަޝްހޫރުވި އެއް ފިލްމެވެ. ވީއޭވީ އިން ބުނީ، އެމީހުންނަށް އެންމެ ކަމުދާ ލަވައަކީ ވެސް އެ ފިލްމުގެ "އޯލް އިޒް ވެލް" ކަމަށެވެ. އަދި އެފިލްމު ބެލުމަށް ފަހު އާމިރުއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އޭނާއަކީ މޮޅު އެކްޓަރެއް ކަމަށް ވީއޭވީން ބުނެ އެވެ.

ވީއޭވީއަކީ ދެކުނު ކޮރެއާގެ ކުންފުނި، އޭކިއު އެންޓަޓެއިންމެންޓުން 2015 ވަނަ އަހަރު، ފިރިހެން ހަތް މެމްބަރުންނާއެކު ވުޖޫދަށް ގެނައި ކޭ ޕޮޕް ބޭންޑެކެވެ. "މޫންލައިޓް" އިން މިއުޒިކީ ދުނިޔެއަށް އުފަންވި ވީއޭވީއަކީ މިއަދު މަޝްހޫރު އަދި އެހާމެ ކާމިޔާބު ބޭންޑެއް ވެސް މެއެވެ. މަގްބޫލު އެތައް ލަވައެއް ގެނެސްދީފައިވާ ވީއޭވީ އިން ވަނީ މިދިޔަ އަހަރު ތައިލެންޑުގެ ހަތް ވަނަ ޑަރަޑެއިލީ އެވޯޑުގައި ބެސްޓް ޕާފޯމަންސްގެ އެވޯޑު ވެސް ހޯދާފަ އެވެ.
ކޭ ޕޮޕް އާމިރު ހާން
ހިޔާލު