Current Mohan: Aadhayaa hilaafu hunareh libifavaa meeheh
image
އިންޑިއާގެ ރާޖް މޯހަން ނާޔަރް އަކީ އާދަޔާ ހިލާފު ހުނަރެއް ލިބިފައިވާ މީހެއް--
0 ކޮމެންޓް
 

ކަރަންޓު މޯހަން: އާދަޔާ ހިލާފު ހުނަރެއް ލިބިފައިވާ މީހެއް

އިންސާނުންގެ ތެރޭގައި ވަރަށް އާދަޔާ ހިލާފު ހުނަރުތައް ލިބިފައިވާ މީހުން އުޅެ އެވެ. އެގޮތުން އިންޑިއާގެ ރާޖް މޯހަން ނާޔަރް އަކީ ކަރަންޓު ނުޖެހޭ ކަމަށް ބުނާ މީހެކެވެ. އޭނާ މަޝްހޫރު ވެފައި ވަނީ އިލެކްޓްރޯ މޭން ނުވަތަ ކަރަންޓު މޯހަން ގެ ގޮތުގަ އެވެ.
މޯހަންގެ ގަޔަށް ބައިވަރި ކަރަންޓު ވާގަނޑުތައް ގުޅާފައި ކަރަންޓު ދިނުމުން ވެސް އޭނާއަށް އެއްވެސް ގޮތެއް ނުވެ އެވެ. އެކަމަކު އާދައިގެ އިންސާނަކަށް ކަރަންޓު ޖެހިއްޖެ ނަމަ ވަރަށް ބޮޑު ވަރު ވެޔެވެ. އެހެންކަމުން މޯހަން ގެ މި ހުނަރަކީ ވަރަށް އާދަޔާ ހިލާފު ހުނަރެކެވެ.

ނާޔަރަށް ލިބިފައިވާ ހުނަރުގެ ސަބަބުން އޭނާގެ ހަށިގަނޑު ކަރަންޓު ކޮންޑަކްޓްކޮށް ބޮކި ދިއްލާ، ކުދި އިލެކްޓްރިކަލް ސާމާނަށް ކަރަންޓު ދެވެ އެވެ. އެކަމަކު އެކަން ކުރަން ޖެހެނީ ދެ ކަރަންޓު ވާގަނޑު ބޭނުންކޮށްގެންނެވެ. އެއް ވާގަނޑު އޭނާގެ އަތުގައި އޮންނަ އިރު އަނެއް ވާގަނޑު އޮންނަނީ އަނގައިގަ އެވެ.

އެކަމަކު މިކަންތައް ކުރުމުގެ ސަބަބުން މޯހަންގެ ހަށިގަނޑަށް ކޮންމެވެސް ވަރަކަށް އަސަރު ކުރެ އެވެ. އެގޮތުން ކުޑަ ވަގުތު ކޮޅަކަށް އޭނާގެ ލޮލުގެ ފެނުން ގެއްލެ އެވެ. ނާޔަރް ބުނީ އޭނާގެ އެ ހުނަރު ހުންނަކަން އެނގުނީ ކުޑައިރު ކަމަށެވެ. އޭނާ ކުޑައިރު މަންމަ މަރުވި އެވެ.

އެހެންވެ ދުނިޔޭގައި އުޅެން ބޭނުން ނުވެގެން އަމިއްލައަށް މަރުވާން މަސައްކަތް ކުރާ ކަރަންޓް ޓްރާންސްފޯމަރެއްގެ ވަޔަރުގައި ހިފައިގެންނެވެ. އެފަހަރު އޭނާއަށް އެއްވެސް ކަމެއް ނުވުމުން ހައިރާންވި އެވެ. އަދި އޭނާއަށް އެ ހުނަރު ލިބިފައިވާކަން އެނގުނީ އެހިސާބުންނެވެ.

ނާޔަރަށް ލިބިފައިވާ ކަރަންޓުގެ ހުނަރު ދުނިޔޭގެ އެހެން ބައެއް މީހުންނަށް ވެސް ލިބިފައި ވެއެވެ. އެގޮތުން އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައި ވަނީ ފްރާންސް ގޮޓް ޓެލެންޓަށް އެރި ބީބާ ސްޓްރުޖާ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަށް ވެސް ލިބިފައި ވަނީ މޯހަން އަށް ލިބިފައިވާ ހުނަރެެވެ.
މީހުން އިންޑިއާ
ހިޔާލު