Boakoh vaarey vehi Uligamu Engine ge ah fenvannaathee fen hindhanee
image
އުލިގަމުން ފެންހިންދަނީ -- ފޮޓޯ: އަހުމަދު މުއާޒު
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ބޯކޮށް ވާރޭވެހި އުލިގަމު އިންޖީނުގެއަށް ފެންވަންނާތީ ފެން ހިންދަނީ

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ހއ. އުލިގަމަށް ބޯކޮށް ވާރޭވެހި އެރަށު އިންޖީނުގެ އަށް ފެންވަންނަމުން ދާތީ ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ، ބޯކޮށް ވާރޭވެހި އުލިގަމު އިންޖީނުގެ ސަރަހައްދުގައި ވަނީ ފެންބޮޑުވެފައި ކަމަށާއި ފެން ހިންދުމުގެ މަސައްކަތް ފެނަކަ މުވައްޒަފުންނާއި އުލިގަމު ޕޮލިސް ޑެސްކް އޮފިސަރުން ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެރަށު ކައުންސިލުގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ސީއެންއެމް އަށް ވިދާޅުވީ، ރޭ 12:00 އިން ފެށިގެން ހުއްޓާ ނުލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އިންޖީނުގެ ސަރަހައްދުގެ އިތުރުން މީހުން ދިރިއުޅޭ ބައެއް ހިސާބުތަކުގައި ވެސް ފެން ބޮޑުވެފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

"މީހުން ދިރިއުޅޭ ދެ ގެއަކާއި ފިހާރައަކަށް ފެން ވަންނާތީވެ އާންމުންނާއި އެމްއެންޑީއެފުގެ އެހީތެރިކަމާއެކު ޕަމްޕު ޖަހައިގެން ފެން ހިންދައި ފެން ނުވަންނާނެ ގޮތަށް ހަދާފަވީ، އެއްވެސް ގެއަކަށް ފެނުގެ އަސަރުކޮށް ގެއްލުމެއް ނުވޭ އަދި،" މުއާޒު ވިދާޅުވި އެވެ.

އުލިގަމުގެ އިތުރުން ވެސް ބޯކޮށް ވާރޭވެހި އުތުރުގެ ގިނަ ރަށްތަކެއް ވަނީ ފެންބޮޑުވެފަ އެވެ.

ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ މިހާރު ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
ހިޔާލު

ނޫސްކިޔާމީހާ

ފޮޓޯއިން އިނޖީނުގެ ނުފެންނަނީ... އަދިހަމަ އެކަނި ވަންނަނީތަ