AFC ge Disciplinary and Ethics Committee ah furathama faharah dhivehseh
image
އިސްމާއިލް ޒުމައިލް ރަޝީދު--
0 ކޮމެންޓް
 

އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީއަށް ފުރަތަމަ ފަހަރަށް ދިވެއްސެއް

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީއަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އިންތިހާބު ވެއްޖެ އެވެ.
އިއްޔެ ފްރާންސްގެ ޕެރިހުގައި ބޭއްވި އޭއެފްސީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ރާއްޖެއަށް ނިސްބަތްވާ އިސްމާއިލް ޒުމައިލް ރަޝީދު، އެކޮމެޓީއަށް އިންތިހާބުކުރިިއިރު އޭނާއާއެކު އެ ކޮމެޓީގައި ދެން ހިމެނެނީ ބަހުރޭން އާއި ޖަޕާން އަދި އޮސްޓްރޭލިއާގެ އިތުރުން ކުވޭތާއި ފިލިޕީންސްގެ އަދި ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ މެމްބަރުންނެވެ.

އޭއެފްސީގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ ޗެއާމަނަކަށް ސިންގަޕޫރަށް ނިސްބަތްވާ ފަރާތެއް އިންތިހާބުކުރިއިރު ވައިސް ޗެއާއަކީ ޗައިނާ އަށް ނިސްބަވާ ފަރާތެކެވެ.

އޭޝިއާގެ މައި ފުޓްބޯޅަ ޖަމިއްޔާގެ ޖުޑިޝަލް ކޮމިޓީއަކަށް ދިވެއްސަކު އިންތިހާބުވި މިއީ ފުރަތަމަ ފަހަރު ނަމަވެސް އޭއެފްސީގެ ހިންގާ ކޮމިޓީގައި މިދިޔަ ދެ ދައުރުގައި ވެސް ވަނީ ރާއްޖެއިން ތަމްސީލުވެފަ އެވެ.
ކުޅިވަރު އޭއެފްސީ
ހިޔާލު