Viyafaareege hanguraama: China inn America ah travel advisory nerefi
image
ޗައިނާ ފަތުރުވެރިން އެމެރިކާގައި -- ފޮޓޯ: ޖެޓީ އިމޭޖާޒް
0 ކޮމެންޓް
 

ވިޔަފާރީގެ ހަނގުރާމަ: ޗައިނާ އިން އެމެރިކާ އަށް ޓްރެވަލް އެޑްވައިޒަރީ ނެރެފި

ޗައިނާގެ ރައްޔިތުން އެމެރިކާ އަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެގައުމުން ޓްރެވަލް އެޑްވައިޒަރީ ނެރެފި އެވެ.
ޗައިނާގެ ޓޫރިޒަމް މިނިސްޓްރީން ބުނީ އެމެރިކާގައި ފޭރުމާއި، ބަޑީގެ ހަމަލާތައް ގިނަ ކަމަށެވެ. އެހެންވެ އެގައުމަށް ދަތުރު ކުރާ ޗައިނާ ރައްޔިތުން ސަމާލުވުމަށް ވަނީ އަންގާފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް ބުނީ އެމެރިކާގެ ފުލުހުން ޗައިނާގެ ރައްޔިތުންނަށް އެމެރިކާގައި ފުރައްސާރަ ކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

ޗައިނާއިން އެމެރިކާއަށް ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާއިރު، ދެގައުމުގެ މެދުގައި އިގްތިސާދީ ވާދަވެރިކަން މި ދުވަސްވަރު ވަރަށް ބޮޑެވެ.

ދެގައުމުގެ "ޓްރޭޑް ވޯ" ނުވަތަ ވިޔަފާރީގެ ހަނގުރާމަ އަލުން ފެށުނީ މިދިޔަ މޭ މަހު އެމެރިކާއިން ޗައިނާގެ މުދަލަށް ޓެރިފް އިތުރު ކުރުމުންނެވެ.

އޭގެ އިތުރުން އެމެރިކާ އިން ވަނީ ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ހުއާވޭ ބްލެކްލިސްޓް ކޮށްފަ އެވެ. އެއަށްފަހު ޗައިނާ އިން ވެސް ވަނީ އެމެރިކާގެ މުދަލަށް ނަގާ ޓެރިފް އިތުރުކޮށްފަ އެވެ.
ޗައިނާ އެމެރިކާ
ހިޔާލު