James Bond film ge setugai ehcheh govaa meehakah aniyaa vejje
image
0 ކޮމެންޓް
 

ޖޭމްސް ބޮންޑު ފިލްމުގެ ސެޓުގައި އެއްޗެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

ޖޭމްސް ބޮންޑުގެ އާ ފިލްމުގެ ސެޓުގައި އެއްޗެއް ގޮވައި ފިލްމުގެ ކްރޫ މެމްބަރަކަށް އަނިޔާވެއްޖެ އެވެ.
ޖޭމްސް ބޮންޑުގެ ރަސްމީ އެކައުންޓުން ބުނީ އެއީ ކޮންޓްރޯލް ކޮށްފައިވާ ގޮވުމެއް ކަމަށާއި، އެ ގޮވުމުގެ ސަބަބުން ޕައިންވުޑް ސުޓޫޑިއޯޒް ގައި ހުންނަ 007 ސްޓޭޖަށް ކޮންމެވެސް ވަރަކަށް ގެއްލުންވި ކަމަށެވެ.

"ސްޓޫޑިއޯ ތެރޭގައި އުޅުނު އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. އެކަމަކު ސްޓޫޑިއޯ ބޭރުގައި ހުރީ ކްރޫ މެމްބަރަކަށް ކުޑަކޮށް އަނިޔާވި،" އެ އެކައުންޓުން ބުންޏެވެ.

ޖޭމްސް ބޮންޑު ފިލްމުގެ ތަރި، އުމުރުން 51 އަހަރުގެ ޑެނިއެލް ކްރެއިގް، ޖެމެއިކާގައި ފިލްމު ޝޫޓު ކުރަނިކޮށް މިދިޔަ މަހު ވެސް އަނިޔާވި އެވެ.

ބޮންޑު ފިލްމު ސީރީޒްގެ 25 ވަނަ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، އެ ފިލްމު ވެގެން ދާނީ ޑެނިއެލް ކްރެއިގްގެ ފަސްވަނަ ބޮންޑު ފިލްމަށެވެ.
ހޮލީވުޑް
ހިޔާލު