Dhigu faru resortun falhu rashakah kuni alhaa massala eh fen mathi vejje!
image
ކެޔޮދޫއަށް އަޅާފައިވާ ކުނި -- ފޮޓޯ: ޓްވިޓާ
1 ކޮމެންޓް
 

ދިގުފަރު ރިސޯޓުން ފަޅު ރަށަކަށް ކުނި އަޅާ މައްސަލައެއް ފެންމަތިވެއްޖެ!

ބ. އަތޮޅުގައި އޮންނަ ދިގުފަރު ރިސޯޓުން އެ އަތޮޅު ކެޔޮދޫ އަށް ކުނި އަޅާ މައްސަލައެއް ފެންމަތިވުމުން ތަހުގީގު ކުރަން ފަށައިފި އެވެ.
ކެޔޮދޫ އަކީ ދުނިޔޭގެ ބަޔޮސްފިއާ ރިޒާވެއް ކަނޑައަޅާފައިވާ ބ. އަތޮޅުގެ ފަޅު ރަށެކެވެ. އެ ރަށް އޮންނަނީ ދިގުފަރު ރިސޯޓު ކައިރީގަ އެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ބ. ކެޔޮދޫ އަށް ކުނި އަޅާ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ އެހީއާއެކު ކަމަށެވެ.

ކެޔޮދޫ ކައިރީގައި އޮންނަ ދިގުފަރު ރިސޯޓުން އެރަށަށް ކުނި އަޅާ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެރަށުގެ ސަރަހައްދަކަށް ކުނި ފުންޏެއް ވަނީ ޖަމާކޮށްފަ އެވެ.


އެ ފޮޓޯތައް އާއްމުވުމާއެކު ސޯޝަލް މީޑިއާގައި އެކި ފަރާތްތައް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، ދިގުފަރު ރިސޯޓު ޖޫރިމަނާ ކުރަން ގޮވާލާފަ އެވެ.





ކުނި އީޕީއޭ
ހިޔާލު

ގައުމުގެ ޙާލަތު

ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތުން ގައުމުގެ ތިމާވެށި ހަލާކު ތިމާވެށި ވިއްކައިގެން އެއްކޮޅުން އާމްދަނީ ހޯދަމުން ހަމަ އެމީހުންގެ އަތުން އެތަން ހަލާކު ކުރަން ދިުމާކުޅަ ތަން މިފެންނަނީ ރޯނު އެދުރުން