Kareena ge kuriah oiy film gai Taimur fennaane kamah dhekevey vaahaka dhogukohfi
image
ކަރީނާ އާއި ތައިމޫރް--
0 ކޮމެންޓް
 

ކަރީނާގެ ކުރިއަށް އޮތް ފިލްމުގައި ތައިމޫރު ފެންނާނެ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ގުޑް ނިއުސް" އިން އޭނާގެ ދަރިފުޅު ތައިމޫރު އަލީ ހާން ފެނިގެންދާނެ ކަމަށް ފެތުރެމުންދާ ހަބަރު ކަރީނާ ދޮގުކޮށްފި އެވެ.
ފިލްމުގައި ތައިމޫރު ފެނިގެން ގޮސްދާނެތޯ ނޫސްވެރިއަކު ކަރީނާއަށް ކުރި ސުވާލެއްގައި އޭނާ ބުނީ، އެއީ ދޮގު ހަބަރެއް ކަމަށެވެ. އަދި އެފިލްމުން އޭނާ ފެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ކަރީނާ ބުންޏެވެ.

އުމުރުން އެންމެ ދެ އަހަރުގައި އެތައް މިލިއަން ބައެއްގެ ލޯބި ހޯދާފައިވާ ތައިމޫރު، އެފިލްމުގެ ދެ ސީންއަކުން ފެންނާނެ ކަމަށް އަޑުތައް އެރި އެވެ. އަދި އޭނާ ފެންނާނީ ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓަށް ކަމަށާއި އެ ޝޮޓުތައް މިހާރު ނަގާފައިވާ ކަމަށް ވެސް އޭރު އަޑުތައް ފެތުރުނެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ތައިމޫރް ވަނީ އޭނާގެ މަންމައާއެކު އެފިލްމުގެ ސެޓަށް ގޮސްފަ އެވެ. އެހެންކަމުން މިއީ އެސަބަބާހުރެ ފެތުރުނު އަޑުތަކެއް ކަމަށް ވެދާނެ އެވެ.

ތައިމޫރަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ މަޝްހޫރު އެއް ސްޓާ ކިޑެވެ. އެގޮތުން އެތައް ބައެއްގެ ސަމާލުކަން އަބަދުވެސް ތައިމޫރަށް ހުއްޓެ އެވެ. މިހާރު އިންޑިއާގެ ބާޒާރުގައި ތައިމޫރު ސިފަވާނެހެން ބުދެއް ވެސް އަންނަނީ ވިއްކަމުންނެވެ.
ހިޔާލު