Modi thaqureeru kurahvaa vaguthaaimedhu kanboduvunthakeh
image
ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ ސަލާމްކުރައްވަނީ -- ފޮޓޯ: ބިއުރޯކްރަސީ ޓުޑޭ
1 ކޮމެންޓް
 

މޯދީ ތަގުރީރު ކުރައްވާ ވަގުތާއި މެދު އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ ވަގުތާއި ގުޅިގެން އިދިކޮޅު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަން ނިންމަވާފައިވާއިރު މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާ ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ އެދުވަހުގެ އިރުއޮއްސި 6:45 ގައެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ މޯދީ ތަގުރީރުކުރައްވާ ޖަލްސާ ދެ ނަމާދު ދޭތެރެ އަށް އެޖެންޑާ ކުރުމުގައި މަޖުބޫރު ކަމެއްވޭތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ވިދާޅުވީ، އެއީ ދީނީ ސިޔާސަތު ވަކި ކުރުމުގެ ވިސްނުން ގެންގުޅުން ފަދަ ކަމެއް ކަމަށެވެ.


މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވެސް ވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވާނެކަން އިއުލާނުކުރައްވާފަ އެވެ. އެއީ އިންޑިއާގައި މުސްލުމުންނާއި ދޭތެރޭ ހިންގާ ލާއިންސާނީ އަމަލުތަކާއި ދުށްތުރާތަކަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ތޯރިގް ވިދާޅުވީ، ދެ ނަމާދު ދޭތެރޭގައި ޖަލްސާ ބޭއްވުމަކީ ރާއްޖެ ސެކިއުލާ ގައުމަކަށް ބަދަލުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. މަޖިލީހުގައި މޯދީ ތަގުރީރުކުރައްވަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ވެސް އޭނާ ބައިވެރިވެވަޑައެއް ނުގަނެ އެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ހުށަހެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އަދި އެފެރުސަތު މޯދީއަށް ދެއްވަން ނިންމެވީ މެމްބަރުންގެ އިއްތިފާގުންނެވެ.
ހިޔާލު

އައިސް

އަންދަލުސް ގެ ފެށުން