Modi ge dhathurufulhaa gulhigen hulhumale ge baeh maguthah bandhu kuranee
image
މޯދީގެ ދަތުރުފުޅާ ގުޅިގެން ހުޅުމާލޭގެ މަގުތައް ބަންދުކުރެވޭނެ ގޮތުގެ ޗާޓު -- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

މޯދީގެ ދަތުރުފުޅާއި ގުޅިގެން ހުޅުމާލޭގައި ވެސް ބައެއް މަގުތައް ބަންދު

އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ސަލާމަތީ ސަބަބުތަކަށްޓަކައި ހުޅުމާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުން ދައްކާ ގޮތުގައި ހުޅުމާލޭގެ ބޮޑެތި ބައެއް މަގުތައް ވަނީ ބަންދުކުރަން ނިންމާފަ އެވެ. އެގޮތުން ބްރިޖުން ފައިބައިގެން ހުޅުމާލެ ތެރެއަށް އަރައިގެން ދާން އޮންނަ މަގާއި ސެންޓްރަލް ޕާކު ސަރަހައްދުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދާން އޮންނަ ސަރަހައްދު ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން ވެސް ދެވަނަ ފިޔަވައްސަށް ދެވޭނެ ގިނަ މަގުތަކެއް ބަންދު ކުރާނެ އެވެ.

ފުލުހުން ބުނީ، މާދަމާ 18:00 އިން ހޮނިހިރު ދުވަހުގެ ރޭ 22:00 އަށް ބައެއް މަގުތަކުގައި ޕާކު ކުރުން ވެސް މަނާ ވާނެ ކަމަށެވެ.


ދެ ދުވަހުގެ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވާއިރު މާލޭގެ ބައެއް މަގުތައް ވެސް ބަންދުކުރަން ވަނީ ނިންމާފައެވެ. އަދި އާދިއްތަ ދުވަހު ހެނދުނު ދެ ގަޑިއިރެއްހާއިރަށް ސިނަމާލޭ ބްރިޖު ވެސް ބަންދުވާނެ ކަމަށް ފުލުހުން ބުނެއެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މޯދީ އަލަށް ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިފަހަރުގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ވެސް ކުރައްވާނެ އެވެ.
ހިޔާލު