Modi thagureeru kurahvaa majileehuge jalsaa fashanee Maghrib ah fahu, Isha Namaadhuge kurin nimeneyne!
image
ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަންނަވަނީ.
1 ކޮމެންޓް
 
މޯދީ ތަގުރީރު ކުރައްވާ މަޖިލީހުގެ ޖަލްސާ ފަށަނީ މަޣްރިބަށް ފަހު، އިޝާގެ ކުރިން ނިމޭނެ!

ހޮނިހިރު ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ތަގުރީރު ކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، އެއްވެސް ނަމާދު ވަގުތަކާ ދިމާނުވާނެ ކަމަށް މިއަދު ބުނެފި އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިއާއު ސީއެންއެމް އަށް ވިދާޅުވީ، ދެ ނަމާދު ދޭތެރެ އަށް އެ ޖަލްސާ ދިމާވަނީ، މޯދީގެ ދަތުރުގެ ޝެޑިއުލް ހުރި ގޮތުން އިތުރު ވަގުތެއް ނުލިބުމުން ކަމަށެވެ. އަދި އެ ޖަލްސާ ފަށަނީ މަޣްރިބް ނަމާދު ނިމޭފަހުން ކަމަށާއި، އިޝާ ނަމާދަށް ޖަލްސާ ނިމޭނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.

މަޣްރިބް ނަމާދުގެ ބަންގި 6:17 ގައި ގޮވާއިރު، އެ ޖަލްސާ ފަށަން ޖަމަޖެހިފައިވަނީ 6:45 ގައެވެ. އަދި އިޝާ ނަމާދު ވަގުތު ވާނީ 7:35 ގައެވެ.

ޒިޔާއު ވިދާޅުވީ މީގެ ކުރިން ވެސް މަޖިލީހުގެ ޖަލްސާތައް އެ ވަގުތުގައި ބާއްވާފައިވާ ކަމަށެވެ. އެހެންކަމުން މިއީ އެ ވަގުތު މަޖިލީހުގެ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރު ނޫން ކަން އޭނާ ފާހަގަ ކުރެ އެވެ.

މަޖިލީހުގެ ޖަލްސާ ދެ ނަމާދު ދޭތެރެއަށް ދިމާވުމުން، އިދިކޮޅު ބައެއް މެމްބަރުން އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެކަމަކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ، އިދިކޮޅު މެމްބަރުންނަށް ރައްދުދީ، މަޖިލީހުގެ ޖަލްސާގެ ވަގުތު އެއްވެސް ނަމާދު ވަގުތަކާ ފުށޫއެރުމެއް ނެތް ކަމަށް ބުނަމުންނެވެ.
ހިޔާލު

ޕީޕީއެމް