Shah Rukh aah eki eid faahaga kuran David Letterman India ga
image
ޝާރުކް އާއި އޭނާގެ ދަރިފުޅު އަބްރަމް އަދި ޑޭވިޑް ލެޓަމޭން، ޝާރުކްގެ ގެ، މަންނަތުގެ ބެލްކަނީގައި ފޭނުންނަށް އީދުގެ ތަހުނިޔާ ކިޔަނީ--
1 ކޮމެންޓް
 

ޝާރުކް އާއެކު އީދު ފާހަގަކުރަން ޑޭވިޑް ލެޓަމޭން އިންޑިއާގައި

ކޮންމެ އަހަރަކު ވެސް އީދުގެ ތަހުނިޔާ ފޭނުންނަށް ކިޔަން، ޝާރުކް ހާން ދިރިއުޅޭ ގެ މަންނަތުގެ ބެލްކަންޏަށް ނިކުމެ އެވެ. އެކަމަކު މިފަހަރު ޝާރުކް އާއެކު ހޮލީވުޑުގެ މޫނެއް ވެސް ފުނެނެވެ.
ޝާރުކް އާއި އޭނާގ ފިރިހެން ދަރިފުޅު އަބްރަމް އާއެކު ދެން އެ ގޭގެ ބެލްކަނިން މިފަހަރު ފެނުނީ އެމެރިކާގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޑޭވިޑް ލެޓަމޭން އެވެ.

ލެޓަމޭން އަކީ ޓީވީ ޕްރެޒެންޓަރެއްގެ އިތުރުން، ކޮމީޑިއަނެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެކެވެ. ލެޓަމޭން ހާއްސަކޮށް ގެނެސްދޭ ޝޯގައި މިދިޔަ މަހު 53 އަހަރުގެ ޝާރުކް ބައިވެރިވި އެވެ.

އެ ޝޯގައި ބައިވެރިވުމަށްފަހު ޝާރުކް ވަނީ ލެޓަމޭން އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ލެޓަމޭން އަކީ ޝާރުކް އަށް ހިތްވަރު ލިއްބައިދޭ ޝަހުސިއްޔަތެއް ކަމަށް ވެސް ބުންޏެވެ.

ލެޓަމޭން މިހާރު ޝާރުކް އާއެކު އިންޑިއާގައި އުޅެނީ އެ ޝޯއަށް ބޭނުންވާ ބައެއް އިތުރު ވީޑިއޯ ހޯދަން ކަމަށް ވެއެވެ. އެގޮތުން ޝާރުކްގެ ދިރިއުޅުމުގެ ބައެއް މަންޒަރުތައް އެ އެޕިސޯޑުގައި ހިމަނަން ކުރިން ވެސް އޮތީ ރާވާފަ އެވެ.

އީދު ދުވަހު ޝާރުކް ދެކިލަން އައި އެތައް ހާސް ފޭނުންނެއް ފެނުމުން ލެޓަމޭން ހައިރާންވި ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން މިއަހަރުގެ ފިތުރު އީދުގެ އުފަލުގައި ޝާރުކް އާއިލާއިން ބޭއްވި ހުރިހާ ހަރަކާތެއްގައި ވެސް އޭނާ ބައިވެރިވި ކަމަށް ވެއެވެ.
އީދު ޝާހުރުކް ހާން
ހިޔާލު

ކަންއޮތްގޮތް

ކޮންމެއެއްޗެކޭ ކީނަމަވެސް ކަމަކީ އެއްކަމެކެވެ. ޝޯބިޒްނަސްއެވެ. ދިވެހިން ބުނަންވެއްޖެނަމަ، ބުނަންޖެހޭނީ ދެއްކުންތެރިކަމުގެ ވިޔަފާރިކަމުގައެވެ. ލެޓަރމަނަކީވެސް އަދި ޝާޚް ރުކަކީވެސް ދެ ޝޯމަނުންނެވެ. އެހެންވީމައި ދުވަސްވީވަރަކަށް ސަފުގައި ފައިހަމަކޮށްލެވޭނީ އައުގޮތްގޮތަށް ކަންތައްކޮށް ސަފުންނުކަޓާ ހިފަހައްޓާލާން ދަސްކޮށްގެނެވެ. ދެމީހުންވެސް އެކުރަނީ އެއްކަމެކެވެ. އެކަކުކިބައިން އަނެކަކު ބާރުހޯދަނީއެވެ.