Ehen gaumakah baroasaa vaan jehey kameh nukurumah PPM inn govaalaifi
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން 2014 ވަނަ އަހަރު އިންޑިއާއަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއެކު--
5 ކޮމެންޓް
 

އެހެން ގައުމަކަށް ބަރޯސާ ވާން ޖެހޭ ކަމެއް ނުކުރުމަށް ޕީޕީއެމުން ގޮވާލައިފި

އިގްތިސާދީ ގޮތުން ރާއްޖެ އެހެން ގައުމަކަށް ބަރޯސާ ވާން ޖެހޭ ވަރުގެ ކަމެއް ނުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ސަރުކާރަށް ގޮވާލައިފި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވާތީ، ޕީޕީއެމުން ނެރުނު ބަޔާނެއްގައި ވަނީ އެ ދަތުރުފުޅުށް މަރުހަބާ ކިޔާފަ އެވެ.

އެ ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ހާމަ ކުރުމަށް ގޮވާލާ، ޕީޕީއެމުން ބުނީ "ޖީއެމްއާރް" ވިއްކާލި ގޮތަށް މިހާރުގެ ސަރުކާރުން އަމަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތަށް އަދި އިގުތިސޯދީ ގޮތުން ވަކި ބަޔަަކަށް ބަރޯސާވާންޖެހޭ ވަރުގެ އެއްވެސް ގެއްލުމެއް ވާނޭ ފަދަ ކަމެއް ނުކުރުމަށް ވެސް ދިވެހި ސަރުކާރަށް އިލްތިމާސް ކުރަމެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅުގެ ކަންކަން ދިވެހިރާއްޖޭގެ ސަގާފަތާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިހުތިރާމް ކުރައްވައިގެން ކުރިއަށް ގެންދެވުމަށް ވެސް އިލްތިމާސް ކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

މޯދީ ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލިހުގައި ތަގްރީރު ކުރައްވަން ހަމަޖެހިފައި ވަނީ ދެ ނަމާދު ދޭތެރޭގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތައް ވަނީ ފާޑުކިޔާފަ އެވެ.

އެކަމަކު މަޖިލިހުގެ އިދާރާ އިން ބުނީ މޯދީގެ ތަގުރީރު ފައްޓަވާނީ މަގްރިބް ނަމާދަށް ވަގުތު ދިނުމަށް ފަހު ކަމަށާއި، އިޝާގެ ކުރިން އެ ޖަލްސާ ނިމޭނެ ކަމަށެވެ. ތަގްރީރް ފެށުމަށް ނިންމާފައި ވަނީ މާދަމާ އިރުއޮއްސި 06:45 ގައެވެ.
ހިޔާލު

އަލީ

ތިނޫހުން ފޮނުވަނީ އިނދިކޮޅުން ކުރާ ކޮމަންޓް އެކަނިތަ

ތަކުރު

މިގައުމުގެ ރައްޔިތުން ކަންކަން ރަގަޅުކުރުމަށްޓަކައި މިދިޔަ 5 އަހަރު ވެރިކަން ދިނީމާ ޕީޕީއެމުގެ އިސްވެރީން ކުރީ ވައްކަމެވެ. ބޭރުގައުމުތަކާއި ޖަމިއްޔާތަކާއި ގުޅުން ކަނޑާލީއެވެ. ވަކިބަޔަކަށް ބަރޯސާވެ ގައުމުގެ ރަށްތަކާއި ފަޅުތަށް ގިރިގިރިއާއި ހާހާތަށް ނުއަގުގައި ވިއްކާ ހުސްކުރީއެވެ. އެފަދަ ބަޔަކު ދެން އިޚުލާސްތެރިކަމާއިއެކު ގައުމަށް ކަމެއް ކޮއްދޭނެތޯ ؟ މިއަދު ދެން ކޮންވާހަކައެއް ދައްކަންތޯ ؟

ކަންއޮތްގޮތް

ގެއްލުންކުރިބަޔަކާއި ގެއްލުން ދިންބައެއް، ވަކިފަރާތަކަށްނުޖެހޭ ބައިނަލްއަޤްވާމީ ބައިވެރިވުންވާ އޯޑިޓެއްކުރީމައިނޫނީ ސާފެއްނުވާނެއެވެ. އެނގޭއެއްޗަކީ ޕީޕީއެމްގެ ވެރިކަމުގައި، އެކުވެރި ޤައުމުތަކާއި ދުރުވެ، ޗައިނާއަށް ބަރޯސާވިކަމެވެ. ކާޑުކޮޅު އިންޑިޔާއިން ވިއްކުން ހުއްޓައިފިނަމަ، އެވެސް ޗައިނާއިން ގެންނަން ތައްޔާރަށް އޮތްކަމެވެ. އަގަށްވާނެގޮތެއް ވިސްނުމެއްނެތިއެވެ. އެޔާޕޯޓު 25 އަހަރަށް ތަރައްޤީކުރަން ދިނީމަވީ، ވިއްކާލިކަމަށެވެ. ކުރިތަރައްޤީއާއިއެކު 25 އަހަރުވުމުން އެއްބަސްވުމާއި އެއްގޮތަށް ޙަވާލުކުރަން އެކަން އޮތްގޮތަށް ބޭއްވިނަމަ، އުފެދުމުގައިވެސް ބާތިލުކަމަށްބުނި އެއްބަސްވުމުގެދަށުން ބަދަލުދީ ދަރާކަށް ނުޖެހޭނެއެވެ. މިހުރީ ކަންއޮތްގޮތެވެ. މިހާރު ކޮންވާހަކައެއް ދައްކަންތޯއެވެ!

މުސްތަފާ

ރައްޔިތުން ނުކުމެ ސައްޕުޖަހާފަ އެއްލާލާފަ އޮތް ފާބަބުކޭލެއް!! ލަދުހަޔާތް ކޮބާތަ؟؟

ގަމާރު

އަޅޭ މީލަދެއްވެސް ގަނަބަޔެއްނޫންދޯ މުޅިގަވްމު ޗައިނާއަށް ވިއްކާލާފަ ތިޔަތާ އަހަރުނުވެގެންމިއުޅެނީ ހުރިހާކަމެއް ޗައިނާއަށް ބަރޯސާވާގޮތައް ނުވިތަނަކައް ދައުލަތުގެ ތިޖޫރިވެސް ބަނޑުއަޅައިގެން ....ބޯހަލާކު