Modi ge dhathuru fulhugai fennaane ebbasvun thakaai mashroo thakakee koba?
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ސަލާމް ކުރައްވަނީ--
2 ކޮމެންޓް
 

މޯދީގެ ދަތުރުފުޅުގައި ފެންނާނެ އެއްބަސްވުންތަކާއި މަޝްރޫއުތަކަކީ ކޮބާ؟

ފާއިތުވި ހަތް އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ހަތް އަހަރެވެ. މާދަމާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ 2011 ވަނަ އަހަރަށް ފަހު އެގައުމުގެ ބޮޑު ވަޒީރަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އައްޑޫގައި އޮތް ސާކް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖެ އަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.

އެކަމަކަ އެފަހަރު މާލެ ވަޑައިގެން މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް ވަނީ ފުރައިގެން ގޮސްފަ އެވެ. ދެވަނަ ދައުރަކަށް މޯދީ ބޮޑު ވަޒީރު ކަމަށް އިިންތިހާބުވުމާއެކު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ރާއްޖެ އަށް ކުރެއްވުމަކީ ދެގައުމުގެ ޒަމާންވީ ގުޅުން އާލާވާން ފަށާފައިވާ ކަމުގެ ހެއްކެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ސޯލިހު ވެސް ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ރާއްޖެ އަށް ދިނުމަށް އިންޑިއާއިން އެއްބަސްވި އެވެ. އެއަށްފަހު މިދިޔަ މާޗް މަހު އިންޑިއާގެ އޭރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވާރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުގައި ވަނީ 6.9 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވެސް ނިންމާފަ އެވެ.

މިފަހަރު މޯދީގެ ދަތުރުފުޅުގައި ވެސް ދެގައުމުގެ ދެމެދުގައި މުހިއްމު ތަރައްގީގެ އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ ކަމަށް ބެލެވެ އެވެ. އެގެ ތަފްސީލް ރާއްޖެ އިން ވެސް އަދި އިންޑިއާ އިން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ އެވެ.

ފެންނާނެ ކަމަށް ބެލެވޭ މުހިއްމު އެއްބަސްވުންތަކާއި މަޝްރޫއުތައް

- ގުޅުން ބަދަހި ކުރުމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުން
- 400 މިލިއަން ރުފިޔާގެ ދެ މަޝްރޫއެއް
- ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ އެއްބަސްވުން
- ކަސްޓަމްސް އަދި ޝިޕިން އާ ގުޅޭ އެއްބަސްވުން
- ސިފައިންނަށް ހާއްސަ ޓްރޭނިން ސެންޓަރެއް އެޅުން
- ރޭޑާ ސިސްޓަމްތައް އިފްތިތާހް ކުރުން
- ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިންޑިއާގެ ހައި ކޮމިޝަނުގެ އިމާރާގެ ބިންގާ އެޅުން
- ޖިނާއީ އަދި މާލީ ތަހުގީގުތަކުގައި އެއްބާރުލުން ދިނުން
- ދިފާއީ އަދި ސަލާމަތީ ކަންކަމާ ގުޅޭ އެއްބަސްވުން
- ކޮޗިން އާއި ރާއްޖެއާ ދެމެދު ސީދާ ފެރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު
- ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމުގެ އެއްބަސްވުން
- ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އެޅުމުގެ މަޝްރޫއު
- ލައިންސް އޮފް ކްރެޑިޓްގެ ދަށުން 36 ރަށެއްގެ ނަރުދަމާގެ މަޝްރޫއު
- އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ކުރުމުގެ މަޝްރޫއު

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލިހުގައި ތަގްރީރު ކުރެއްވުމުގެ އިތުރުން ރައީސް ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރައްވާނެ އެވެ. މޯދީގެ ދަތުރުފުޅު ނިންމަވާލައްވާނީ އާދީއްތަ ދުވަހު އެވެ.
ހިޔާލު

މަންޑޭލާ

އިންޑިޔާ ސިފައިން ބާލާ އިންޑިޔާއަކަ މިރަޢްޖެ ތަރައްގީ ނުކުރެވޭނެ.

ލިން

އައްޑޫ އެކަނި ވިއްޔާ ރާއްޖެ ތެރޭގަ އޮންނަނީ