Gavaaidha hilaafahgaidheeaku minivankuri mahsalaeh balanee
image
މާފުށީ ޖަލުގައި ފެނުގެ ނިޒާމް އިފްތިތާހު ކުރުމުގެ ތެރެއިން: ފައިލް ފޮޓޯ
ސީއެންއެމް
0 ކޮމެންޓް
 

ގަވާއިދާ ހިލާފަށް ގައިދީއަކު މިނިވަންކުރި މައްސަލައެއް ބަލަނީ

ރައީސުލްޖުމްހޫރިއްޔާ މައާފް ދެއްވި ގައިދީން ތަކެއް ޖަލުން މިނިވަން ކުރިއިރު، ރައީސް މައާފު ނުދެއްވާ ގައިދީއަކު ދޫކޮށްލި އެމައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފުލުހުންނަށް އަންގައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ ރައީސް މައާފުދެއްވި ގައިދީން މިނިވަން ކުރިއިރު ގަވާއިދާ ހިލާފަށް ގައިދީއަކު މިނިވަން ކުރިކަމުގެ މައުލޫމާތު ލިބުމުން އެކަން ބަލާފައިވާ ކަމުގައެވެ.
މީގެ އިތުރުން އެކަން އިތިރަށް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ފުލުހުންނަށް އަންގާފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.
ރައީސް މައާފްދެއްވި ގައިދީންނާއިއެކު ދޫކޮށްލީ ކޮން ބާވަތެއްގެ މައްސަލައެއްގައި ޖަލަށް ލާފައިވާ ގައިދީއެއްކަމެއް ހޯމް މިނިސްޓްރީން ނުބުނެއެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރުމަށް އޭނާ މިހާރު ހައްޔަރުކޮށްފައިވާކަމަށް ހޯމް މިނިސްޓްރީންވަނީ ބުނެފައެވެ.
ހިޔާލު