Bavathi release kurun September 2 ga
image
ބަވަތި ފިލްމުގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

ބަވަތި ރިލީޒް ކުރުން ސެޕްޓެމްބަރު 2 ގައި

"އައި ފިލްމްސް" ގެ ފުރަތަމަ އުފެއްދުން "ބަވަތި" އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް ބުނެފި އެވެ.
އިއްޔެ ވަނީ އެ ފިލްމުގެ ދެ ޕޯސްޓަރު ރަސްމީކޮށް އާއްމުކޮށްފަ އެވެ. ޕޯސްޓަރުގައިވާ ގޮތުން ފިލްމު ރިލީޒް ކުރާނީ ސެޕްޓެމްބަރު ދޭއްގަ އެވެ.ބަވަތި ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑައިރެކްޝަނަށް ނިކުމެފައިވާ އިލްޔާސް ވަހީދެވެ. ފިލްމުގެ ތަރިންނަކީ ނުޒުހަތު ޝުއައިބް އަދި އަލަށް ފިލްމީ ދާއިރާ އަށް ނިކުންނަ އަހްމަދު އިފްނާޒެވެ."އައި ފިލްމްސް" އިން ބުނީ ނުޒުހަތު ފިޔަވައި އެފިލްމުން މުޅިން ވެސް ފެންނާނީ އާ ފަންނާނުން ކަމަށެވެ. ފިލްމާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.ފިލްމު
ހިޔާލު