Party inn Edhijje Nama Raees Kamah Vaadha Kuraanan: Karu Jayasuriya
image
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔަ--
0 ކޮމެންޓް
 

ޕާޓީން އެދިއްޖެ ނަމަ ރައީސް ކަމަށް ވާދަ ކުރާނަން: ކަރު ޖަޔަސޫރިޔާ

ކުރިއަށް އޮތް ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ޕާޓީން އެދިއްޖެ ނަމަ ވާދަ ކުރަން ތައްޔާރަށް ހުންނެވި ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔަ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރަރްއަށް ދެއްވި ބަސްދީގަތުމެއްގައި ކަރު ޖަޔަސޫރިޔާ ވިދާޅުވެފައިވަނީ އިންތިހާބުގައި ވާދަ ކުރުމަށް ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށެވެ. ނަމަވެސް އެ މަގާމަށް ވާދަ ކުރަން ބޭނުންވާ އެހެން ފަރާތްތައް ޕާޓީގައި އެބަތިބި ކަމަށާއި އެފަރާތްތަކަށް ހުރި ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް މުޅި ޕާޓީން އެގޮތަށް ނިންމުމަށްފަހު އިންތިހާބުގައި ވާދަ ކުރަން އެދިއްޖެ ނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ކަރު ޖަޔަސޫރިޔަ ވިދާޅުވިއެވެ.

ކަރު ޖަޔަސޫރިޔަ ނިސްބަތްވެވަޑައިގަންނަވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީއަށެވެ.

އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ނުސީދާ ގޮތަކަށް ކަރު ޖަޔަސޫރިޔަ ފާޅު ކުރައްވާފައިވާ އިރު މިހާރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަ ވެސް ރައީސް ކަމަށް ވާދަ ކުރައްވާފާނެ ކަމަށް ދަނީ ބެލެވެމުންނެވެ.

ސްރީލަންކާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ސްރީލަންކާ
ހިޔާލު