Kunithah ukaanulevi falhu rashuge gondu dhoshuga huree moosun goasvegen: Dhigufaru resort
image
ކެޔޮދޫ ގޮނޑޫދޮށަށް ކުނި އަޅާފައި-- ފޮޓޯ: އަހުމަދު ނިޒާމް/ ފޭސްބުކް
0 ކޮމެންޓް
 

"ކުނިތައް އުކާނުލެވި ފަޅު ރަށުގެ ގޮނޑުދޮށުގައި ހުރީ މޫސުން ގޯސްވެގެން"

ބ. އަތޮޅުގައި އޮންނަ ދިގުފަރު އައިލެންޑް ރިސޯޓުގެ ކުނިތަކެއް އެއަތޮޅު ކެންދޫ ކައިރީ އޮންނަ ފަޅު ރަށަކަށް އަޅައި އެރަށުގެ އަތިރިމަތި ގޮނޑުކޮށްފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާތީ، އެއީ މޫސުން ގޯސްވުމުގެ ސަބަބުން އުކާނުލެވި ހުރި ކުނިތަކެއް ކަމަށް އެ ރިސޯޓުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ ބޮޑެތި ކަޅު ކޮތަޅަށް ކުނި އަޅައި ފުރާފައި ކޮޔޮދޫ އަތިރި މަތީގައި ބަހައްޓާފައި ހުރި މަންޒަރެވެ. ފުންޏަކަށް ބޮޑެތި ކޮތަޅުތައް އެތަނުގައި ބަހައްޓާފައި ހުރި ނަމަވެސް ބައެއް ކޮތަޅުތައް ފަޅައިގެން ގޮސް ބޭރަށް ވެސް އެކި ވައްތަރުގެ ކުނިތައް އެޅިފައި އޮތެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ރިސޯޓަށް ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށް ކުނިތައް ނަގައި އެތަން ސާފުކޮށްފައިވާ ފޮޓޯތަކެއް ހިއްސާކޮށް ރޭ އެ ރިސޯޓުގެ ފޭސްބުކް ފޭޖުގައި ބުނީ، އެ ފަޅު ރަށަކީ ރިސޯޓުގެ ބެލުމުގެ ދަށުގައި އޮންނަ ފަޅު ރަށެއް ކަމަށާއި އެރަށަށް ގެންދާ ކުނިތައް ކޮންމެ ދެ ހަފުތާއަކުން ވެމްކޯ މެދުވެރިކޮށް އުކާލާ ކަމަށެވެ.

ކެޔޮދޫ އަތިރިމަތީގައި ހުރި ކުނިތަކަކީ ވެސް ވެމްކޯއިން އުކާލަން ބަހައްޓާފައި ހުރި ކުނިތަކެއްކަން ފާހަގަކޮށް ރިސޯޓުން ބުނީ، ކުނިތައް އުކާނުލެވި ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ރިސޯޓުތަކުން އުކާލާ ކުނި ކަނޑަށް އެޅުމުގެ ސަބަބުން ރަށްރަށް އެކުނިތައް ލައްގާ އެރަށްތަކުގެ ގޮނޑުދޮށް ހަޑިވާ މައްސަލައަކީ އަބަދުމެހެން އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ.
ކުނި އީޕީއޭ ތިމާވެށި
ހިޔާލު