Modi Raajje vadaigathun: Nishan Izzuhdheen ge Izzathuge verikamuge lagabu aruvanee
image
މޯދީއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވަނީ--
2 ކޮމެންޓް
 

މޯދީ ރާއްޖެ ވަޑައިގަތުން: އެންމެ އިއްޒަތްރެރި ލަގަބް އަރުވަނީ

ދިވެހި ދައުލަތުން މިހާރު ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް މޯދީއަށް އެރުވުން އޮންނާނީ މިއަދު ހަވީރު ރައީސް އޮފީހުގައި ބާއްވަވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރައީސް އޮފީހުން ބުނީ، އިންޑިއާގެ ބޮޑުވަޒީރަށް އެ އިއްޒތް އެރުވުމަށް ރައީސް ސޯލިހު ނިންމެވީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މޯދީ ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ފާހަގަކުރައްވާ އެކި ރޮނގު ރޮނގުން ރާއްޖެއަށް ވެދެއްވާ ދީލަތި އެހީގެ އަގުވަޒަން ކުރުމަށްޓަކައި ކަމަށެވެ.

މީގެ ކުރިން ވެސް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ބޭރުގެ ބައެއް އިއްޒަތްތެރިންނަށް އަރުވާފައިވެއެވެ. އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އާލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސާ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ. އޭގެ އިތުރުން ދޭއް ޑިސެންބަރު 2009 ގައި ސައޫދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދަށް، އަދި ހަތަރު ޖޫން 2013 ގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހަށް އެ އިއްޒަތް އަރުވާފައިވެއެވެ.
ހިޔާލު

ލިން

އެންމެ އިއްޒަތްތެރި ލަގަބެކޭ ނުބުނެވޭނެ.. އެއީ ދެވަނައަށް އެންމެ ޢިއްޒަތްތެރި ލަގަބު.. އެންމެ އިއްޒަތްތެރި ލަގަބަކީ ނިޝާން ޢާޒީ

ކަންއޮތްގޮތް

ތިއީ ތަންފުކެއް ބޮޑުވަރު. އިންޑިޔާގެއެހީ ބޭނުމެވެ. އެކަމަކު މިވަރުވެގެން މިވަރު އަޅުދާސްވެގެން އުޅުމަކީ ނިކަމެތިކަމެކެވެ. ގޮނަކަށް ގޮތނެއް ދިނުމަކީ މައްސަލައެއްނޫނެވެ. އިންޑިޔާ ބޭނުންވާނީ އދގައި އަހަރުމެންގެ ވޯޓެވެ. ދޭއެހީއާއި އެއާއި ލާޖެއްސީމައި އެނިމުނީއެވެ. އެކަމަކު ޢިއްޒަތުގެގޮތުން އޮންނަންޖެހޭނީ ގޮނަކަށް ގޮނެކެވެ. އިނގިރޭސި ރާނީ މަރުޙޫމް ރައީސް ނާޞިރަށް ކޭސީއެމްޖީގެ ލަޤަބު އެރުވިއެވެ. ބަދަލުގައި ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިކަން އެރުވިއެވެ. ގޮނަކަށް ގޮނެކެވެ.