Modi Raajje vadaigathun: Majileehuga thagreeru kuravvaanee Hindi bahun
image
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ--
1 ކޮމެންޓް
 

މޯދީ ރާއްޖެ ވަޑައިގަތުން: މަޖިލިހުގައި ތަގުރީރު ކުރައްވާނީ ހިންދީ ބަހުން

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިހުގައި ތަގްރީރު ކުރައްވާނީ ހިންދީ ބަހުންނެވެ.
މޯދީގެ ތަގުރީރު އޮތީ އިރުއޮއްސި 06:45 ގައެވެ. މަޖިލިހުގެ އިދާރާ އިން ވަނީ މޯދީ ތަގުރީރު ކުރައްވާނީ ހިންދީ ބަހުންކަން ކަށަވަރުކޮށްދީފަ އެވެ.

މޯދީ ތަގުރީރު ކުރައްވަމުން ދާއިރު، ދިވެހި ތަރުޖަމާ ވަގުތުން މަޖިލިހުގެ މެމްބަރުންނަށް އިވޭނެ ގޮތް ވަނީ މަޖިލިހުގެ އިދާރާ އިން ވަނީ ހަމަޖައްސާފަ އެވެ.

ޓީވީއެމުން ތަގުރީރު ވަގުތުން ދައްކާއިރުވެސް، އޭގެ ދިވެހި ތަރުޖަމާ ގެނެސްދެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.

މޯދީ އަކީ މަޖިލިހުގައި ތަގުރީރު ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަންނަވާ ދެވަނަ ހެޑް އޮފް ސްޓޭޓެވެ. ކުރިން އެ ޝަރަފު ލިބިވަޑައިގެންފައި ވަނީ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އަށް 2011 ވަނަ އަހަރެވެ.
ހިޔާލު

ކިޔު5

ލަފކުރެވެނީ އެއީ؛
1. އިންޑިޔާގެ ބައެއްކަމުގެ އިހްސާސް ކޮށްދިނުމަށް.
2. ދިވެހި ރައްޔިތުންގެ މަޖިލީހުގައި އިންޑިޔާގެ ރައްޔިތުންނާ މުހާތަބުކުރުމަށް.