Hoarfushy gai Current fohtehgai roave baeh gethakun current kendijje
image
ހޯރަފުށީ ބަނދަރުމަތި-- ފޮޓޯ: މިހާރު
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ހޯރަފުށީގައި ކަރަންޓު ފޮއްޓެއްގައި ރޯވެ ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ

ހއ. ހޯރަފުށީ ސްކޫލު ކައިރީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ފުލުހުން ބުނީ، މިއަދު 9:24 ހާއިރު އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވާތީ އެރަށުގައި މަސައްކަތްކުރާ ފުލުހުން ގޮސް އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

ހޯރަފުށީ އިންޖީނުގެ ހިންގަމުން އަންނަ ފެނަކައާ ހަވާލާދީ ފުލުހުން ބުނީ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވީ ކަރަންޓު ސްޕާކެއް ވެގެން ކަމަށެވެ.

އެރަށު ކައުންސިލުގެ މެމްބަރު އަހުމަދު އިމްދާހް ސީއެންއެމް އަށް ވިދާޅުވީ، ކަރަންޓު ފޮއްޓެއްގައި ރޯވުމުގެ ސަބަބުން ރަށުގެ 50 ހަކަށް ގެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އެކަމަކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރެވެމުންދާ ކަމަށާއި ގާތްގަނޑަކަށް ގަޑިއިރެއްހާ އިރުގެ ތެރޭގައި އަލުން ކަރަންޓު ދެވޭ ވަރުވާނެ ކަމަށް އިމްދާހް ވިދާޅުވިއެވެ.
ހިޔާލު

ާއަލިީ

އާއްމު ގޮތެއްގައި ޑިސްޓުރިބިއުޝަން ފޮށްޓަކުން ކަރަންޓް ދީފައި ހުންނަނީ ގިނަވެގެން 24 ގެއަށް. 1ފޮށިން 50 ގޭގެ ކަރަންޓް ކެނޑެނީ ކީއްވެބާ.