3 Dhuvahun Salman ge Bharat 100 Crore aa gaathah
image
ބާރަތު--
0 ކޮމެންޓް
 

ތިން ދުވަހުން ސަލްމާންގެ ބާރަތު 100 ކްރޯޑް ކްލަބަށް

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް މިދިޔަ ބުދަ ދުވަހު ނެރުނު ފިލްމު "ބާރަތު" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
ސަލްމާން ހާން އާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ އެފިލްމަށް ތިން ދުވަހުގެ ތެރޭގައި 95.50 ކްރޯޑު ރުފީސް ލިބިފައިވާ ކަމަށް އިންޑިއާގެ މަޝްހޫރު ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ބުނެ އެވެ.

ސަލްމާން ހާނުގެ ފިލްމުތަކަކީ އާންމުކޮށް ވެސް ބޮކްސް އޮފީހުގައި ވަރަށް ހިނގާ ކާމިޔާބު ފިލްމުތަކެކެވެ. އެހެންކަމުން މި ފިލްމަށް ބޮޑު އާމްދަނީއެއް ލިބެނޭ ކަމަށް ބެލެވެ އެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ" ގެ ރިމޭކެކެވެ.

"ބާރަތު" ގައި ސަލްމާނާއި ކެޓްރީނާގެ އިތުރުން ޖެކީ ޝްރޮފް އާއި ތައްބޫ އާއި ޑިޝާ ޕަޓްނީ އަދި ނޯރާ ފަތުހީ ހިމެނެ އެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. އެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ.
ހިޔާލު