Shiyam ge kanboduvun ferry nizam ah: Thandhoru nudhanna meehun athuvedhaane!
image
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު (ކަނާތްފަރާތުގައި)--
މުހައްމަދު ފަތުހުﷲ
3 ކޮމެންޓް
 

ޝިޔާމުގެ ކަންބޮޑުވުން ފެރީ ނިޒާމަށް: ތަންދޮރު ނުދަންނަ މީހުން އަތުވެދާނެ!

އިންޑިޔާގެ ކޮޗިންއާ ދިވެހި ރާއްޖެއާ ދެމެދު ފެރީގެ ނިޒާމުން ގުޅާލުމަށް ދެގައުމުން އެއްބަސްވާތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޝިޔާމު ފެސްބުކް ޕޭޖުގައި މިއަދު ލިޔުއްވާފައިވާ ގޮތުގައި، ޝިޔާމަށް ފެރީ ނިޒާމު ކަމުނުދަނީ އެ ފެރީ ނިޒާމް ބޭނުންކޮށްގެން ދިވެހި ރާއްޖެއަށް އިންޑިޔާއިން "އިލްމެއް ނެތް" ތަންދޮރު ނުދަންނަ މީހުން އަންނަ މިންވަރު ގިނަވެދާނެތީ އެވެ.

"އަޅުގަނޑުމެން އެންމެން މިދައްކަނީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގިނަވެ، ނިކުންނަ އިޖުތިމާޢީ ބޮޑެތި މައްސަލަތަކުގެ ވާހަކައެވެ. އަގުހެޔޮކޮށް އެހެން ޤައުމަކުން މި ޤައުމަށް ދަތުރުކުރެވޭނެ ފެރީގެ ނިޒާމެއް ޤާއިމްކުރުމަށް އެއްބަސްވުމަކީ މިދަންނަވާ މައްސަލަ އިންތިހާއަށް ބޮޑުވެގެންދާނެ ކަމެކެވެ." ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ އެ ފެރީގައި ދަތުރުކުރާނެ ދިވެހި ރައްޔިތަކު ނުވާނެ ކަމަށެވެ. އެކަމަކު އެގައުމުން ޢިލްމެއް ޙިލްމެއްނެތް އަގުހެޔޮ މަސައްކަތުމީހުނާއި ބޮޑެތި މުޖުރިމުން ދިވެހި ރާއްޖެއަށް ދަތުރު ކުރާނެ ކަމަށެވެ.

"އެ ފެރީގައި ދަތުރުކުރާނެ ދިވެހި ރައްޔިތަކު ނުވާނެތެވެ. އެކަމަކު އެޤައުމުން ޢިލްމެއް ޙިލްމެއްނެތް އަގުހެޔޮ މަސައްކަތުމީހުނާއި ބޮޑެތި މުޖުރިމުން ދިވެހި ރާއްޖެއަށް ދަތުރު ކުރާނެތެވެ. މިކަމަށް އެއްބަސްވުމަށްފަހު އަޅުގަނޑުމެން ހިޔުމަން ޓްރެފިކިންގެ ވާހަކައެއް، ޑްރަގް ޓްރެފިކިންގެ ވާހަކައެއް އަދި ހިޔުމަން ރައިޓްސްގެ ވާހަކައެއް ދައްކާނެކަމެއްނެތެވެ. މިއީ މި ދިވެހި ފަސްގަނޑުގައި އަވައްޓެރި ބީރައްޓެހި މުޖުތަމައެއް އުފަންކުރުވަން ކޮށޭނެ އެންމެ ތަނަވަސް މަގެވެ. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެންގެ ދީނާއި އަދި ސަގާފަތާއި ބީރައްޓެހި އެތައްކަމެއް އަޅުގަނޑުމެންގެ ތެރެއަށް ވެރިވަމުންދާމަންޒަރެވެ." ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ އެ ފެރީ ނިޒާމުގެ ތެރެއިން ވަރަށް ބޮޑެތި ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެގޮތުން، އެއްބަސްވުމަށްފަހު އަޅުގަނޑުމެން ހިޔުމަން ޓްރެފިކިންގެ ވާހަކައެއް، ޑްރަގް ޓްރެފިކިންގެ ވާހަކައެއް އަދި ހިޔުމަން ރައިޓްސްގެ ވާހަކައެއް ދައްކާނެކަމެއްނެތް ކަމަށްވެސް ޝިޔާމު ވިދާޅުވި އެވެ.

"މިކަމަށް އެއްބަސްވުމަށްފަހު އަޅުގަނޑުމެން ހިޔުމަން ޓްރެފިކިންގެ ވާހަކައެއް، ޑްރަގް ޓްރެފިކިންގެ ވާހަކައެއް އަދި ހިޔުމަން ރައިޓްސްގެ ވާހަކައެއް ދައްކާނެކަމެއްނެތެވެ. މިއީ މި ދިވެހި ފަސްގަނޑުގައި އަވައްޓެރި ބީރައްޓެހި މުޖުތަމައެއް އުފަންކުރުވަން ކޮށޭނެ އެންމެ ތަނަވަސް މަގެވެ. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެންގެ ދީނާއި އަދި ސަގާފަތާއި ބީރައްޓެހި އެތައްކަމެއް އަޅުގަނޑުމެންގެ ތެރެއަށް ވެރިވަމުންދާމަންޒަރެވެ. ދުވަސްކޮޅަކުން ފެންނާނީ ދުސްތޫރުން އެހެން ސަގާފަތްކާއި ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަދީ އެވެރިންނަށް މިޤައުމުގެ ރަށްވެހިކަންދީ މިޤައުމުގެ ކަންކަމުގައި ގޮތްނިންމުމުގެ ހައްޤު ދޭތަނެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ." ޝިޔާމު ވިދާޅުވި އެވެ.

މީގެއިތުރުން ޝިޔާމު ވިދާޅުވީ، މިދައްކަނީ އާދައިގެ ކުޑަކުޑަ ވާހަކައެއް ނޫން ކަމަށާއި އިންޑިއާގެ ނުވަތަ ބޭރު ގައުމުތަކުގެ ނުފޫޒު ރާއްޖެއަށް އޮތް މިންވަރާއި ރާއްޖޭގެ ރައްޔިތުން ނިކަމެތިވަމުންދާ މިންވަރު ހާމަވަމުން ގޮތުގެ ވާހަކަ ކަމަށެވެ.

"މިދައްކަނީ މިލިއަން މީހުން ނުވަތަ މިލިއަން ވޯޓުގެ ވާހަކައެވެ. މިކަން ފަހިކޮށްދޭ ރެޖީމެއް ނުވަތަ ސަރުކާރެއް އެވެރިންގެ ވޯޓާއިއެކު އަބަދުވެސް ވެރިކަމުގައި ދެމިއޮންނާނެތެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ރައްޔިތުން ގޮތް ނިންމީ އުޖާލާ މުސްތަޤުބަލެއްގެ އުންމީދުތަކެއް ހާސިލްކުރުމަށެވެ. ފެންނަނީ ރައްޔިތުންކުރި އިތުބާރު ޒަމާންވީ ބަދަލުހިފުމަކުން ބަދަލުހިފާ ރައްޔިތުންނަށް ހައްޤުވާ މިންވަރާއި ޤައުމަށް ހައްޤުވާ މަންޒިލް ނިގުޅައިގަނެ އަނެއްކާވެސް މާ ހިތްދަތި ނާކާމިޔާބީއަކުން ޤައުމު ރޮއްވާލާތަނެވެ. ކުރެވެނީ ކަޅުބޯ ވިލާގަނޑެއް ޤައުމުގެ ބޯމަތީ ފުރާލާ އޮތްކަމުގެ ނުތަނަވަސް އަދި ބިރުވެރި އިޙްސާސެކެވެ. މިނިވަން ޖައްވަށް މި ޤައުމުންލާ ނޭވާ ކުރުވާކަހަލައެވެ. ﷲ سبحانه وتعالى އަޅަމެންނަށް އެފަދަ ބިރުވެރި ދުވަސްތަކެއް ނުދައްކަވާށިއެވެ. މިދިވެހި ޤައުމު %100 މުސްލިމް ޤައުމެއްގެ ގޮތުގައި މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ. އާމީން." ޝިޔާމު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގުޅުން ގާއިމުކޮށް، "ފްރީ ޓްރޭޑް" އެގްރީމަންޓްތަކާއި ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށް، ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނެއް ހަދައި، ފ. އަތޮޅު ސައުދީ އަރަބިޔާގެ ޝާހީ އާއިލާއަށް ވިއްކާލަން މަސައްކަތް ކުރިއިރު، ޝިޔާމަކީ އެ ސަރުކާރުގެ އިސްވެރިއެކެވެ.
ހިޔާލު

ނާއިން

މި ގައުމުގެ މިނިވަންކަންގެއްލޭ ގޮތަށް އެއްވެސް ބަޔަކަށް ބާރުތަށް ދީގެން ނުވާނެ މީ މިނިވަންގައުމެއް މިނިވަންކަންނަގާލަން މަސައްކަތް ކުރާނަމަ މި ގައުމު އަހުރެމެންގެ ފަސްގަނޑު ދިފާއު ކުރުމަށްޓަކާ ރަތްއަތުން ނިކުންނާނެ ބަލަހައްޓައިގެން ނުތިބޭނެ ކަން ހަނދާނުގައި ބަހާޓާ

ކޮލެޖު ބޯއި

ޝިޔާމް އަކީ ރޭސިސްޓެއް

އިބުރާހީމޫ

ޝިޔާމު ބުނަންތަ، ކޮޗިނުން ބަރުކޮށްގެން މިހާރުވެސް ރާއްޖެއަށް މީހުންނާއިތަކެތި އާދެ ދޯ؟ ސޫތުކުޅިން އަންނަނީ އިންޑިޔާގެއޭންމެނިކަމެތިންގެ އޮޑިފަހަރުގައި ދިވެހީންނަށް ބޭނުންވާ މަސައްކަތުމީހުނާއި، ގެރިގުޔާއި، އަލުްއްވާއާއި، ފިޔައާއި އޭތިމީތި. ފާދިއްޕޮޅު ކަހަލަ ރޯފިލާފަތިބޭހީހުންތިބޭ ތާކުން ތިކަހަލަ ކޮސްގޮވާމީހަކު ހޮވާފީތީވެ ޚާއިރާންވެ............ފައިސާ، ފައިސާ ފައިސާ ދޯ