Modi ah oiy thaaeedhu dhehkumah Raajjeyga ulhey India rayyithun airport ga
image
ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުން އެއާޕޯޓުގައި--
2 ކޮމެންޓް
 

މޯދީ އަށް އޮތް ތާއީދު ދެއްކުމަށް އިންޑިއާ ރައްޔިތުން އެއާޕޯޓަށް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމެވުމަށް ފަހު މިއަދު ހެނދުނު އެއާޕޯޓަށް ވަޑައިގެންނެވުމާއެކު ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން އެމަނިކުފާނު މަރުހަބާ ދަންނަވައިފި އެވެ.
ރާއްޖެ އިން ފުރާވަޑައިގެންނެވުމަށް މޯދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. އެމަނިކުފާނު އެއާޕޯޓަށް ވަޑައިގެންނެވިއިރު، އެތަނުގައި އިންޑިއާގެ ބައެއް ރައްޔިތުން ތިއްބެވެ.

ސޯޝަލް މީޑިއާގެ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ރާއްޖޭގައި އެކި މުހިއްމު މަސައްކަތްތައް ކުރަމުން އަންނަ އިންޑިއާގެ ރައްޔިތުންނެވެ. އެމީހުން ތިބީ އެއާޕޯޓުގެ ބޭރުގައި މަޑުކޮށްގެންނެވެ.


އެމީހުން ތިބީ މޯދީ އަށް ތައުރީފުކޮށް މެސެޖުތައް ލިޔެ، ޕޯސްޓަރު ހިފައިގެންނެވެ. އޭގެ ތެރެއިން ބައެއް މީހުން އިންޑިއާގެ ދިދަ ވެސް ގެންގުޅުނެވެ.

ޓީޗަރުންނާއި ޑޮކްޓަރުން އަދި ނަރުހުންނާއި އިންޖިނަރުން ފަދަ ބައެއް މުހިއްމު ވަޒީފާތައް އަދާ ކުރުމަށް ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެ އެވެ.
ހިޔާލު

ބޮސްގެ ބޮސް

ރާއްޖޭގަ ގިނައީ އިންޑިޔާގެ ކެރެލާއަށް ނިސްބަތްވާ މީހުން. އެމީހުންނަކީ މޯދީއަށް ތާއީދުކުރާ ބައެއް ނޫން....ދެން ކޮން ހަބަރެއް؟

ޢަންނި

ޙާދަ މީހުންނެކޭ ދޯ؟