Foshemun goss rovey varu kuri meehaage massala balanee!
image
މަގުމަތިން ފޮށުނު ކަމަށް ބުނާ މީހާ-- ފޮޓޯ: ޓްވިޓާ
ސާޔާ އަހްމަދު
12 ކޮމެންޓް
 

"ފޮށެމުން ގޮސް ރޮވޭވަރު ކުރި" މީހާގެ މައްސަލަ ބަލަނީ!

ތިމާގެ މަންމަ ނުވަތަ އަންހެން ކޮއްކޮ މަގުމަތިން ހިނގާފައިދާއިރު ފަހަތުން މީހަކު ފޮށެމުން އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ހެއްޔެވެ؟ ތިމާގެ އަންހެނުން ނުވަތަ އަންހެން ދަރިފުޅަށް މަގުމަތީގައި ހިތްހަމަޖެހިލައިގެން ހިނގާ ނުލެވުމަކީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟
އެއީ ތަހުޒީބުވެފައިވާ މުޖުތަމައެއްގައި އެކަކުވެސް ގަބޫލުކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. އެކަމަކު ހިތާމައަކީ މިއަދު ރާއްޖޭގެ ހަގީގަތަކީ އެއީ ކަމަށް ވާތީ އެވެ. ތަފާސްހިސާބުތަކަށް ބެލިޔަސް ފިރިހެނުންނަށް ވުރެ ތައުލީމީ އަންހެނުން ރާއްޖޭގައި ގިނަ އެވެ. ސަރަހައްދީ ފެންވަރުގައި ވެސް ރާއްޖެ އަކީ އަންހެނުން ބާރުވެރި ގައުމެކެވެ.

އެކަމަކު ވެސް މަގުމަތީގައި އަންހެނުންނަށް ފޮށުމުގެ އާދަ އަދިވެސް ބައެއް ދިވެހި ފިރިހެނުންގެ ކިބައިގައި ވެއެވެ. ވަކި އުމުރަކަށް ތަފާތު ކުރުމެއް ނެތި، ކުޑަ ބޮޑު އަންހެނުން މަގުމަތީގައި އުޅޭ އުޅުމުގައި ފިރިހެނެއްގެ ފުރައްސާރައާ ކުރިމަތި ނުވާނެ ދުވަހެއް ރާއްޖޭގައި، ވަކިން ހާއްސަކޮށް މާލޭގައި މަދުވާނެ އެވެ.

އިއްޔެ ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯއެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. އެއީ އައިމިނަތު ލަމްހާ އަސްލަމް ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖަކަށް މާލޭގެ މަގުމަތިން ދިމާވި ފޮށުމުގެ ހާދިސާއެއްގެ ވާހަކަ އެވެ. މުސްކުޅި އުމުރުގެ މީހަކު އެ އަންހެން ކުއްޖާއަށް ފުރައްސާރަ ކުރާ ވީޑިއޯ އޭނާ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

"އަހަރެންގެ އުމުރުގައި މިހާތަނަށް މިވަރަށް ފުރައްސާރަކޮށްފައެއް ނުވޭ. އަހަރެން އޭޑީކޭ އިން ފެށިގެން ސްކޫޕާ ހަމައަށް ހިނގާފައި އައިއިރު، އަހަރެންގެ ކާފަ އުމުރުގެ މީހަކު ފަހަތު ހިނގާފައި އައި. އޭނާ ބުނަމުން ދިޔެއީ ހާދަ * ބޭނުމޭ، *. އެމީހާގެ އާއިލާ ހޯދަން ކޮންމެވެސް މީހަކު އަހަންނަށް އެހީވެދީ،" ލަމްހާގެ ވީޑިއޯ އާއެކު ބުނެފައި ވެއެވެ.



"ރާއްޖޭގައި އަހަރެން ހިނގާފައި އުޅޭ ކޮންމެ ފަހަރަކު، ފިހާރައަށް ދިޔަޔަސް، ނޫނީ އެހެން ތަނަކަށް ދިޔަޔަސް، ފޮށުމާ ކުރިމަތިވޭ. އަހަރުމެން ގިނަ އަންހެން ކުދިންނަށް އެކަން ދިމާވޭ. އެކަމަކު ދުވަހަކުވެސް މިވަރެއް ނުވޭ. އެންމެ ފަހުން މަގު މެދުގައި ހުރެ އަހަންނަށް ރޮވޭ ވަރުވި. ގިނަ ބަޔަކު މަޑުކޮށްގެން ތިބި ބަލަން. އެކަމަކު އެކަކުވެސް އެހީއެއް ނުވޭ".





ލަމްހާގެ އިތުރު ޓްވީޓެއްގައި ބުނީ އެ ފިރިހެން މީހާގެ ހުތުރު ވާހަކަތަކުގެ ސަބަބުން އޭނާ ލަދުގަތް ކަމަށެވެ. ލަމްހާގެ ވީޑިއޯ އާއްމު ކުރުމާއެކު ގިނަ ބަޔަކު ވަނީ ފޮށުމުގެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ ފުލުހުން ބެލުމަށް ވަނީ ގޮވާލާފަ އެވެ.





އިތުރު މީހަކު ވަނީ ލަމްހާއާ މަގުމަތިން ފުރައްސާރަ ކުރި މީހާގެ ވަނަވަރު ވެސް ޓްވިޓާ ގައި އާއްމުކޮށްފަ އެވެ. އެމީހާ ބުނި ގޮތުގައި ފޮށުނު މީހާއަކީ އަބްދުލް ގަނީ އިސްމާއިލް ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް މަގުމަތިން އަންހެނުންނާ ފޮށުމުގެ ކަންކަން ކޮށްފައިވާ މީހެއް ކަމަށް ބުނެފައި ވެއެވެ.



އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ މައްސަލަ ބަލާނެ ކަމަށެވެ.



2015 ވަނަ އަހަރު ރާއްޖޭގައި ކުރި ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖޭގެ އަންހެނުންގެ އާބާދީހެ 96 އިންސައްތަ މީހުންނަށް މަގުމަތިން ފޮށުމާ ދިމާވެފައި ވެއެވެ. އޭގެ ތެރެއިން 60 އިންސައްތަ އަށް އެކަން ދިމާވީ އުމުރުން 14 އަހަރު ވުމުގެ ކުރިންނެވެ. އަދި 40 އިންސައްތަ އަށް ދިމާވީ 10 އަހަރު ވުމުގެ ކުރިންނެވެ.

ނޯޓު: މި ހަބަރުގައިވާ ވީޑިއޯ ހިމެނޭ ޓްވީޓުތައް ނަގާފައި ވަނީ، ޓްވީޓެއްގައި އާއްމު އަހުލާގާ ހިލާފު ބަހުރުވަ ހުރި ކަމަށް ބުނާ ޝަކުވާއެއް ލިބުމުންނެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
އަންހެނުން
ހިޔާލު

އަހުމަދު

އަންހެންކުދިންނާއި ޤައުމުގެ ހަރުމީހުން މިގޮތަށް މަގުތަކުގައި ދަރިން އުމުރުގެ ކުދިންނާއި ފޮށެމުން ލަދެއްހަޔާތެއްނެތި އުޅުމަކީ ވަރަށް ދެރަވަރުކަމެއް....
މިހާވަރު އަރާލައިފާ ހުރިނަމަ ދެތިންމީހުންނާއި އިންނަންވީއެއްނު... އެއްފަހަރާ.....

އެޓް ހަދީ

ތިމާ ބޭނުންވާ ޒާތެއްގެ ހެދުން ލުމުގެ އިޙްތިޔާރު އޮންނަންޔާ އެލާ ހެދުމަށް ފާޑު ކިޔުމުގެ އިޙްތިޔާރު ނޯންނަންވީ ކީއްވެބާ... މާތް ވެގެންވާ އިސްލާމްދީނުގައި ހެދުން އެޅުމުގެ ޙުދޫދު ތަކެއް ކަނޑައަޅާފައި ވަނީ މިފަދަ ޖަނަވާރުންގެ ބެލުންތަކުން ތިޔަ ކަނބަލުން ރައްކައުތެރި ކުރުމަށް... ވައްލާހު އައުލަމް

ކަލް

@ހަދީ، ލާ ހެދުމަކުން ފޮށެން ނުޖެހޭނެކަމަށް އެއްބަސް، ނަމަވެސް ބޭނުން ހެދުމެއް ލުމަކީ އިޚްތިޔާރެއްނޫން. ތިމާވެސް އުޅެންވާނީ، އާންމު އަޚްލާޤާ އަދަބުގެ ތެރޭގައި. މިނިވަންކަމަކީވެސް ރޮގެއް ދަމާލެވޭ އެއްޗެއް.

ހަދީ

މީހާ ލާ ހެދުމަކުން ފޮށޭކަށް ނުޖެހޭނެ އެ މީހަކު ބޭނުން ހެދުމެއް ލުމުގެ އިޚްތިޔާރު އެ މީހަކަށް ލިބިގެންވޭ

ޞައްދާމު

ފުރަތަމަވެސް ބަސްމަގު ގޯސް...... "ތިމަންނަގެ ކާފަ އުމުރުގެ މީހެކޭ ބުނުމުން" ކަމަކުނުދޭ! އަރެން ވީޑިއޯއިން އަންހެން ކުއްޖާގެ ފެންވަރު ދެނެގެންފިން.....

ހާޖަރާ

ހެންވޭރުކޮޅުގައި ގިފިލިބެލުމަށް ވަރަށް މަޝްހޫރު ކާފައެއްތިއީ. ގިފިލިބެލުމުގައި ހަލާލު އަނބިމީހާ އާއި އަމިއްލަ އަންހެންދަރިވެސް ދޫކޮށްނުލާ ކަމަށްވަނީ. އަދި މީނާދިރިއުޅޭ ގޭދޮށުއުޅޭ އެތައްކެއް ބަންގާޅީ ފިރިހެނުނަށް އަތްފޯރުވުމުގެ ބައިވެސް އޮންނަކަމަށްވޭ. މިކަލޭގެ ވީއެންމެ އަވަހަށް ހޯޖާ ކުރެވޭނެގޮތެއް ހޯދަންޖެހޭ ނޫންނަމަ މިކާފަގެ ސަގާފަތްއޮންނަ އިންޑިއާއަށް މީނާހަދިޔާ ކުރަންވީ.

ކޮބާ މަގޭ ހައްޤު

ތިއަންހެންކުއްޖާ އެމީހާޔަށް ކުރިވަރު އިނގޭތަ؟ އަމަޔަށް ބަފަޔަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ..... އޭނާގެ ފޯނުގަ ހުންނާނެ ވީޑިއޯ!!!

އިއްބެ

ހަޔާތުގެ ކަންފުޅެއްވެސް ނެތީ ނޫންހެއްޔެވެ. މަގުމަތިން މިގޮތަށް ފޮށޭއަރު މިމީހާގެ އަސްލު ކިހާ ނުބާވާނެހެއްޔެވެ. ހަމަކަށަވަރުން ތިމީހާހަކީ މުޖުތަމަޢުއަށް ހުރި ބޮޑު ނުރައްކަލެއްކަންކަށަވަރެވެ.

ރޮނގު

ދެކޮޅުން ބުނާއެއްޗެއް ބަލާފަނޫނީ ތިޔަހެން މީހަކުކުރާހާ ޓުވީޓަކަށް އެއްޗެކޭ ބުނާކަށް ނޭނގޭނެ މިޒަމާނުގަ.

ޙަމްދޫން

ފޮށުމަށް ތާއިދު ކުރަނީކިނޫން އެކަމަކު ގިނަ ފަހަރު ތިމާ ހުންނަ ވައްތަރުންވެސް ފޮށޭ ތިމާ ހިތް ރުހޭކަހަމަ މީހަކު ހާދަ ރީއްޗޭ ނުވަތަ އެފަދަ ޒާތުގެ އެއްޗެއް ބުނެފިނަމަ ހިނިތުންވެ ޝުކުރިއްޔާ ބުނާ ފަހަރުވެސް އާދެ. ތިމާ ހިތް ނުރުހޭ ކަހަލަ މީހަކު ބަލާލިޔަސް ފޮށުނު ކަމަށް ވާ ފަހަރު އާދެ މީ ހަގީގަތަކީ

ލަމްގެ ފްރެންޑް

މަގުމަތިން ހޭކެނޑެންދެން ތަޅާލަން ޖެހޭނީ މިފަދަ ކަންކަން ހުއްޓުވަން

ނާއިން

ގޯސްކަމެއް ނަމަވެސް މަގުމަށްޗަށް ތިމާމެން ނިކުމެ އުޅޭއިރު ނިވައިކަން ކުޑަ ގަޔަށް ބާރު ހެދުން އަޅައިގެން އުޅުމުން މިކަންކަން ދިމާވާނެ އޭގެ ބަދަލުގައި ގަޔަށް ދޫ ނިވާކަން ބޮޑު ހެދުން އެޅުމުން މިކަންކަމާ ދުރުވުން ގާތްވާނެ