Sri Lanka Intelligence Idhaaraage Veriyaa Isthiufaa Dheefi
image
ސްރީލަންކާގެ ނެޝަނަލް އިންޓެލިޖެންސްގެ ވެރިޔާ ސިސިރި މެންޑިސް---
0 ކޮމެންޓް
 

ސްރީލަންކާގެ އިންޓެލިޖެންސް އިދާރާގެ ވެރިޔާ އިސްތިއުފާ ދީފި

ސްރީލަންކާގެ ނެޝަނަލް އިންޓެލިޖެންސްގެ ވެރިޔާ ސިސިރި މެންޑިސް އިސްތިއުފާ ދެއްވާފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ޑެއިލީ މިރާ އިން ބުނެފައިވާ ގޮތުގައި ސިސިރި މެންޑިސް އިސްތިއުފާ ދެއްވާފައިވަނީ ސިއްހީ ހާލަތު ހުރި ގޮތުން މިހާރު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވެން ނެތް ކަމަށް ބުނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ އެ ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

ސިސިރި މެންޑިސް އެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ބައެއް ނޫސްތަކުން ބުނެފައިވާ އިރު ގަލްފުނިއުސް.ކޮމް އިން ވަނީ ރައީސް ސިރިސޭނާ، ސިސިރި މެންޑިސް އެ މަގާމުން ވަކި ކުރީ ކަމަށް ބުނެފަ އެވެ.

ސިސިރި މެންޑިސް އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދީފައިވާ އިރު ސްރީލަންކާގެ ޗާޗުތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާތަކުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން ދަނީ ބަލަމުންނެވެ. އެ ކޮމިޓީއަށް ހާޒިރުވެ ސިސިރި މެންޑިސް ބަޔާން ދީފައިވާ އިރު ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ދަނީ ކޮމިޓީ އަށް ފުލުހުންނާއި ސިފައިން އަދި އިންޓެލިޖެންސްގެ ވެރިން ހާޒިރުވުމާއި ދެކޮޅު ހައްދަވަމުންނެވެ.

ސިސިރި ވަނީ ހަމަލާތަކުގައި މިވަގުތު ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރައްވަމުން ގެންދަވާ ސިރިސޭނާގެ އިހުމާލު އޮތް ކަމަށް ކޮމިޓީގައި ވިދާޅުވެފަ އެވެ. ނަމަވެސް ސިރިސޭނާ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.
ސްރީލަންކާ
ހިޔާލު