Hurihaa School ehgai Naasthaa dheyn fashaanee anna angaara dhuvahun feshigen
image
އަމީނިއްޔާ ސްކޫލުގައި ހެނދުނުގެ ނާސްތާ ކުރިއަށް ދަނީ-- ފޮޓޯ: ވަން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ހުރިހާ ސްކޫލެއްގައި ނާސްތާދޭން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ސްކޫލުތަކުގައި ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށުނުއިރު ހުރިހާ ސްކޫލުތަކަށް ހެނދުނުގެ ނާސްތާ ދޭން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވީ، ރާއްޖޭގައި ހުރި 213 ސްކޫލުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭ ޕްރޮގްރާމު އަންނަ އަންގާރަ ދުވަހު ފެށޭނެ ކަމަށެވެ.

ކުރިން އޮތީ ދެވަނަ ޓާމުގެ ކިޔެވުން ފެށޭ ދުވަހު ނާސްތާ ދޭ ގޮތަށް ނަމަވެސް ދެވަނަ ޓާމުގެ ކިޔެވުން ފެށިފައި މިވަނީ ހަ ރޯދަ ތެރޭގަ އެވެ. މާދަމާ ހަ ރޯދަ ނިމޭއިރު އޭގެ އަނެއް ދުވަހު އެޕްރޮގްރާމު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށޭނެ އެވެ.

މިދިޔަ މެއި މަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭނެ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފަ އެވެ.

ސްކޫލްތަކުގައި ކިޔަވާ ހެނދުނު ދަންފަޅީގެ ކުދިންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

އަޖުމަ ބެލުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ޓާމުގައި ވަނީ އަތޮޅު ތެރެ އާއި މާލޭގެ ސްކޫލުތައް ހިމެނޭހެން 25 ސްކޫލަކަށް ކިޔަވަން އަންނަ 14720 ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދީފަ އެވެ. އަންގާރަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނާސްތާ ދޭން ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ ސްކޫލުތަކުގައި މިއަހަރު 70000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ތިން ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއީ ރާއްޖޭގެ ތާރީހުގައި ވެސް ތައުލީމީ ދާއިރާއަށް އެހާ ބޮޑު ބަޖެޓެއް ކަނޑައެޅި ފުރަތަމަ ފަހެރެވެ.
ހިޔާލު