Addu City ge current massala hallu vejje: Fenaka
image
ފެނަކައިގެ އެމްޑީ އަހުމަދު ސައީދު--
0 ކޮމެންޓް
 

އައްްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވެއްޖެ: ފެނަކަ

އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ކަރަންޓް ދޭން ފަށައިފި އެވެ.
އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން ފެނަކަ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ކަރަންޓަށް ދިމާވި މައްސަލަތައް ހައްލު ކުރުމަށް އައްޑޫ އަށް ގެނައި 1.6 މެގަވޮޓުގެ އިންޖީން އިންސްޓޯލްކޮށްފައިވާ ކަމަށާއި، އެ އިންޖީނުން 1.3 މެގަވޮޓްގެ ހައިލޯޑުގަ ކަރަންޓު މިހާރު ދެމުންދާ ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދެމުން އަންނަ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ދެ މެގަވޮޓު އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ދޭތެރެ ދޭތެރެ އިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އެކި ހިސާބުތަކުން ދިޔައީ ކަރަންޓް ކަނޑަމުން ނެވެ.

ފެނަކަ އިން ބުނީ އައްޑޫ އަށް ދިމާވެފައިވާ ކަރަންޓު މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް 20 މެގަވޮޓުގެ ޕަވަރ ގްރިޑެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމަށް ކުރަންޖެހޭ ސާވޭތައް ކުރަމުން އަންނަ ކަމަށް ވެސް ފެނަކަ އިން ބުނެ އެވެ.

ރާއްޖޭގެ އެކި ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ދޭތެރޭ ދޭތެރެއިން ދިމާވެ އެވެ. ފެނަކަ އިން ގެންދަނީ ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން ނެވެ.
އައްޑޫ ސިޓީ ފެނަކަ
ހިޔާލު