Ganna birun soi kuran aadhavefa thibi bayakaa eku islaaheh nugeneveyne: Ali Hussain
image
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
2 ކޮމެންޓް
 

ގަންނަ ބިރުން ސޮއިކުރަން އާދަވެފައި ތިބި ބަޔަކާއެކު އިސްލާހެއް ނުގެނެވޭނެ: އަލީ ހުސެން

ގާނޫނާ ހިލާފު އަމުރުތަކަށް ތަބާވާ ބަޔަކާއި، ހިތުހުރި ގޮތަކަށް ދައުވާ ކުރާ ބަޔަކާއި، ގަންނަ ބިރުން ސޮއިކުރަން އާދަވެފައި ތިބި ބަޔަކާއެކު އިސްލާހު ނުގެނެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވާ އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ރައްޔިތުންނަށް އަނިޔާކުރަން ދަސްވެފައި ތިބި ބަޔަކާއި، ވިދާޅުވީމާ ވިދާޅުވި ގޮތަކަށް ދައުވާ ކޮށްކޮށް ތިބި ބަޔަކާއި، ނީލަމުގެ އުސޫލުން ނުވަތަ ގަންނަ ބިރުން ތައްގަނޑު ޖަހާ ސޮއި ކުރަން އާދަވެފައި ތިބި ބަޔަކާއެކު އިސްލާހެއް ނުކުރެވޭނެ" ކަމަށެވެ.


އަލީ އެހެން ވިދާޅުވިއިރު މިދިޔަ ހަފްތާގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ދެ މީހަކު ކޯޓުން ދޫކުރާ މައްސަލައެއް އޮތީ ބޮޑުވެފަ އެވެ.

ހުޅުމާލެ އިން ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 52 އަހަރުގެ އަންހެނަކާއި އޭނާގެ 25 އަހަރުގެ ފިރިހެން ދަރިފުޅު ދެފަހަރެއްގެ މަތިން ކޯޓުން ދޫކުރީ ފުލުހުން އިޖުރާއަތާ ހިލާފުވި ކަމަށް ބުނެ އެވެ.

އެކަމަކު ފުލުހުން ބުނީ އަމަލު ކުރީ ކުރިން ވެސް އަމަލު ކުރާ ގޮތަށް ކަމަށެވެ. އެންމެ ފަހުން ތިން ވަނަ ކޯޓު އަމުރަކާއެކު އެ ދެމީހުން ހައްޔަރު ކުރި އެވެ. ނަމަވެސް އަންހެން މީހާ ވަނީ ދޫކޮށްފަ އެވެ.

އެ މައްސަލާގައި ހިމެނޭ އަންހެން މީހާގެ އަންހެން ދަރިއަކީ ޕީޖީ އޮފީހުގެ ވަކީލެކެވެ. އަދި އެ އަންހެން މީހާގެ ފިރިމީހާ މިހާރު ވެސް ހުރީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ސްރީ ލަންކާގައި ހައްޔަރުކޮށްފަ އެވެ.

އޭނާގެ ފިރިމީހާގެ ވައްކަމުގެ މައްސަލައެއް ކުރިން ކޯޓުގައި ވަކާލާތު ކުރުމުން ޕީޖީ އޮފީހުން އެ މައްސަލަ ބެލިކަމަށް ވެއެވެ. އެކަމަކު ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ.

ހަމަ މިދިޔަ ހަފްތާގައި ކޯޓުން ވަނީ ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނާ ބެހުނު ކަމުގެ ތުހުމަތު ކުރެވޭ މީހާ ވެސް ދޫކޮށްފަ އެވެ. އޭނާ ދޫކުރީ އިތުރަށް ކުރަން ޖެހޭ ތަހުގީގެއް ނެތް ކަމަށް ފުލުހުން ބުނުމުންނެވެ.

އެ ދެ މައްސަލާގައި ހިމެނޭ މީހުން ކޯޓުން ދޫކުރުމުން އާއްމުންގެ ފާޑު ކިޔުން ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ކޯޓުތަކަށް އަމާޒުވި އެވެ.
ހިޔާލު

އަހްމަދު

ޢަލީ ހުސެއިން އަކީ މިހާރު މަޖްލީސްގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެންމެ ފަސްބައި ރީތި އިންސާފަށް ލޯބިކުރާ މެންބަރެއް

ހުވަތަ

ކަލޭ ވަރަށް އިންސާފުވެރިއެއްތަ. ސިޔާސީ ކުލަ ނުޖެހި ވަރަށް ތެދުވެރި ކަމާއެކު ވާހަކަ ދައްކާ މީހަކީމުތަ. ލަދު ކޮބައި ބާވައޭ ހިތަށްއަރާ